މަނަދޫއަށް ކަރަންޓް ކެނޑިއްޖެ!

ނ. މަނަދޫއަށް ކަރަންޓް ކެނޑިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން އެރަށަށް ކަރަންޓް ކެނޑިފައިވަނީ މީގެ 2 ގަޑިއިރެއްހާއިރު ކުރިންނެވެ.

އެރަށުން ވާހަކަ ދެއްކި މީހަކާ ހަވާލާދީ "ނޫނު އޮންލައިން"ގެ އޮފިޝަލަކު ވިދާޅުވީ، އެރަށުން ކަރަންޓް ކެނޑުނުތާ މިހާރު ދެގަޑިއިރެއްހާއިރު ވެފައިވާ ކަމަށާއި އަދިވެސް ރަށަށް ކަރަންޓް ނުލިބޭ ކަމަށެވެ. އަދި ކަރަންޓް ކަނޑާލުމުގެ ކުރިން މަނަދޫ ފެނަކަ ބުރާންޗުން ނޯޓިސްއެއްވެސް ނުދޭ ކަމަށާއި އިއްޔެވެސް ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވިކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯދާލުމަށް މަނަދޫ ފެނަކަ ބްރާންޗްގެ އިންޗަރޖަށް "ނޫނު އޮންލައިން"އިން ގުޅި ވަޤުތު ފޯނު ނިވާލާފައިވާތީ އިތުރު މަޢުލޫމާތެއް ލިބޭގޮތް ވަނީ ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލް

2019-05-18 10:26:48
ޖުލައި
"މަނަދޫއަށް" މިވެސް ނޫވެރިކަން. އަމާހަދާކޮންބަލަ
އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް