ކުޑަފަރި ސްކޫލްގެ ސްޓާފްރޫމް ފުރާޅުގައި ޖަހާފައި ހުރި ޓިނު ބަދަލުކޮށްދޭނެ މީހަކު ހޯދަނީ!
ކުޑަފަރި ސްކޫލް | ފޮޓޯ: އެމްޑީޕީ ސެކެރެޓަރީ (ޓްވީޓް)
ކުޑަފަރި ސްކޫލް | އިޢުލާން

ކުޑަފަރި ސްކޫލްގެ ސްޓާފްރޫމް ފުރާޅުގައި ޖަހާފައި ހުރި ޓިނު ބަދަލުކޮށްދޭނެ މީހަކު ހޯދުމަށް އެސްކޫލުން އިޢުލާންކޮށްފިއެވެ.

އެގޮތުން، އެއިޢުލާނުގައި ބުނެފައިވަނީ، ކުޑަފަރި ސްކޫލްގެ ސްޓާފްރޫމް ފުރާޅުގައި ޖަހާފައި ހުރި ޓިނު ބަދަލުކޮށްދޭނެ މީހަކު ބޭނުންވެއްޖެ ކަމަށާއި ޓިނު ފޯރުކޮށްދޭނީ ސްކޫލުން ކަމަށެވެ. އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 މެއި 2019 ވާ އާދިއްތަ ދުވަހުގެ 10:45ގައި އެސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 28 މެއި 2019 ވާ އަންގާރަ ދުވަހުގެ 10:45 ގައި އެސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދޭ ކަމަށް އެއިޢުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، އެސްޓިމޭޓް އެވެލުއޭޓް ކުރާނެ ގޮތުގެ ޕޮއިންޓް ޓޭބަލްއެއް އެ އިޢުލާނުގައި ހިމަނާފައިވެއެވެ. އެގޮތުން، މަސައްކަތުގެ އަގަށް 75 ޕޮއިންޓް އަދި މަަސައްކަތުގެ މުއްދަތަށް 25 ޕޮއިންޓްގެ އުސޫލުން އެސްޓިމޭޓް އެވެލުއޭޓް ކުރާނެކަން އެޓޭބަލްއިން ހާމަވެއެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް