ދުވާލު "ޗިކަން ޑިނަރ" ނަގައިފިއްޔާ ރޯދަ ގެއްލޭނެތަ؟
ޕަބުޖީ މޯބައިލް

ދިވެހި ޒުވާނުންގެ މެދުގައި މިހާރު ވައިގައި ހިފާފައިވާ އެއް ކަމަކީ، ތަފާތު އޮންލައިން ގޭމުކުޅުމެވެ. އޭގެ ތެރެއިންވެސް ޕަބުޖީއަކީ، ފުރާވަރުގެ ކުދީންގެ އިތުރުން ގިނަ ޒުވާނުންވެސް ދެވި ހިފާފައިވާ ގޭމެކެވެ.

ތަންތާނގައި ކޯޅިކޯޅިއަށް ތިބެ ގޭމުގެ އަވާގައި ޖެހިފައި ތިބޭ ޒުވާނުން މަދެއް ނޫނެވެ. އަދި ދަންވަރު ހޭލާ ގޭމު ކުޅެންތިބޭ ކުދީންވެސް ވަކިން މަދެއް ނޫނެވެ. ފާރުތައް މަތީގައްޔާއި ހޮަޅުއަށިތަކުގައި ކަމާކަން ފަށައި ޕަބުޖީ ކުޅެން ތިބޭ ޒުވާނުން އަޅުގަނޑުގެ މިދެލޮލަށްވެސް ފެންނަނީ މަދެއްކޮށް ނޫނެވެ. މިއަދުގެ ޒުވާނުން ކޮފީއެއް ބޯލިޔަސް، މީޓިންއަކަށް ދިޔަސް، ސައިކަލްގައި ބުރެއް ޖަހާލިޔަސް ތިބެނީ  ޕަބުޖީ ކުޅުމުގައެވެ.

އަޅުގަނޑަނީ ބިޒީ ޝެޑިއުލްއެއްގައި މަސަައްކަތްކުރާ މީހަކަށް ވެފައި ވީޑިއޯ ގޭމުތަކަށް ޝައުޤުވެރިކަން ނުހުންނާތީ ޕަބުޖީއަކީ އަޅުގަނޑު ކުޅެއުޅޭ އެއްޗެއް ނޫނެވެ. ނަމަވެސް، ތުންތުން މަތިން އިވޭ އަޑުތަކުން، އޮންލައިންކޮށް މި ގޭމް ކުޅެގެންވެސް ޗެމްޕިއަން ޓީމަށް ލިބޭ “ޗިކަން ޑިނާ” އެއްގެ ވާހަކަ އަހަމުއެވެ. 

ރަަމަޝާން މަސް ފެށިގެން މިވީ ދުވަސްތަކުގެ ތެރޭން ދުވަހެއްގައި އަޅުގަނޑަ ފޭސްބުކުން ފެނުނު ޕޯސްޓެއްގައި އޮތް ސުވާލެކެވެ. މަޖަލަކަށް މީހަކު ކުރި އެސުވާލުގައި ވަނީ، ރަމަޟާން މަހު ދުވާލު ގަޑީގައި "ޗިކަން ޑިނާރ" ނެގިޔަސް ރޯދަ ގެއްލޭނެތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. ނުގެއްލޭނެއެވެ. ވީޑިއޯ ގޭމެއްގައި ކިތަންމެ ގިނައިން ކެޔަސް ރޯދައަކަށް އަސަރެއް ނުކުރާނެއެވެ.

އެހެނަސް ބުނަން ހެއްޔެވެ؟ އަބަދުވެސް ޒުވާނުންގެ މެދުގައި މަޤުބޫލު ކޮންމެވެސް އެއްކަމެއް ނުވަތަ ކުޅިވަރެއް މޯބައިލް ފޯނަށް ތައާރަފްކުރެއެވެ. މިއީ ބަޔަކު ނުވިސްނާ ކުރާކަމެއް ނޫނެވެ. ވަރަށް ގިނަ ދިރާސާކޮށް ޒުވާނުންގެ ޖީލު ޣާފިލުކޮށް ޝައިތާނާގެ އަތްދަށުގައި ބެހެއްޓުމަށް ކުރަމުންދާ ކަމެކެވެ. ފިކުރީ ހަނގުރާމައެކެވެ. މުސްލިމުންގެ ދީނީ އަޤީދާ ހަނގުރާމައިން ކަނޑިބަޑިން ބަލިކަށި ނުކުރެވޭނެތީ މިހާރު އެބަލަނީ ފިކުރީ ދަންމަޅިއެއްގައި އަހަރެމެން ޖެއްސޭތޯއެވެ. މިއީ މުޝްރިކުން ރާވަމުންދާ މޮޅެތި ރޮކެޓުތަކެވެ. 

ވިސްނާލާށެވެ. ނަމާދު ވަގުތުތައް ފާއިތު އެވަނީ ޕަބުޖީގެ އަވައިގައި ޖެހި އިންދައެވެ. ކީރިތި ޤުރުއާނުން މިންވަރެއް ކިޔެވުމުގެ ބަދަލުގައި ތިބަލަނީ އަވަހަށް "ޗިކަން ޑިނަރ" ނެގޭތޯއެވެ. މިގޮތައް މިކަން ދާނަމަ ރޯދަ ރަނގަޅު ވާނެތޯއެވެ؟ ތިޔަ ހިފުނީ ރޯދަތޯއެވެ؟ ނޫނެކެވެ. ކޮންމެ އަޅުކަމެއް ވެސް ފުރިހަމަވާނީ ނަމާދު ފުރިހަމައަށް އަދާކުރާނަމައެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް