އަނިޔާވެރިކަން މިއީ ނޫންތޯ؟ ޒިންމާ އުފުލަން ނުޖެހޭތޯ؟
ޝަހީދުވެފައިވާ މުސްލިމް ކުޑަކުދިން

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކު ކޮންމެ ހަމަލާއަކުންވެސް ކުށެއް ނެތް އެތައް ބަޔަކު ދަނީ ޝަހީދުވަމުންނެވެ. އެންމެ ތުއްތު ކުދިންނާއި ހިސާބުން ފެށިގެން މުސްކުޅި ފުރާގެ އެތައް މުސްލިމުންނެއް ކަތިލައި މަރާއި ހަދަމުންދާ ކަމަށް ބުނާ ޚަބަރުތަކަކީ އަބަދުވެސް އިވިއިވި ހުންނަ ޚަބަރުތަކެވެ. 

ލިބެމުންދާ މަންޒަރުތަކާ، އިވެމުންދާ އަޑުތަކަކީ އިންސާނިއްޔަތުކަމުގެ ކުޑަނަމަވެސް އަގަލެއް ހުރި މީހެއްގެ ހިތް ދަތިކުރުވާނެ މަންޒަރުތަކަކާ އަޑުތަކެކެވެ. ކިތަންމެ ވަރަކަށް މިމަންޒަރުތައް ފެނި، އަޑުތައް އިވުނު ކަމުގައި ވީނަމަވެސް ދުވަހަކުވެސް މިކަމަށް ނުހޭނެވެއެވެ. އިމާރާތައް ލޮޅުން އަރާ، ފިހާރަތަށް ފުނޑުފުނޑުވެ، ގާކުނޑިއަށް ވެގެންދެއެވެ. ގެދޮރު ގެއްލި އާއިލާތައް އެވަނީ ބިކަވެފައެވެ. ބަފައިން މަރުވެ ދަރީން ޔަތީމުވެފައެވެ. އަނބިން ހުވަފަތްވެފައެވެ. އަޅާލާނެ އާރެއް ޔާރެއް ނެތް އެތައް ބަޔަކު އެބަތިއްބެވެ. ކާނޭ ބޯނޭ އެއްޗެއް ނެތި އަރުތެރި ހިކިފައެވެ. ބަނޑަށް ޖެހި މަރަށް ތެޅެނީއެވެ. ރައްކާތެރިކަމެއް ނެތްތާނގައި ބިރުވެރިކަން މުޅި ރަށަށް ވެރިވެފައެވެ. އިވެމުންދަނީ ވޭނީ އާޙްގެ އަޑުތަކެވެ. ރުޔުމާއި ކެކުޅުމުގެ އަޑުތަކެވެ. ލޮލުން މިއިން ދުވަހަކު ކަރުނަ ހިކޭނެ ކަމުގެ ނިޝާނެއް ނެތެވެ.

ހިތެއް އޮތް މީހެއް ނަމަ މިލިޔުމާއެކު ހިމަނާފައިވާ ފޮޓޯއަށް ނަޒަރު ހިންގާލިޔަސް ދެރަވެ ރޮވޭގޮތް ވާނެއެވެ. ހިތްފަޅައިގެން ދާނެއެވެ. އެފޮޓޯގައި އެވާ ތުއްތު ކުދިންނަކީ އިސްރާއިލުގެ މިހަމަލާތަކުގައި މަރުވެފައިވާ މުސްލިމް ކުދިން ކަމުގައި ބުނެވެއެވެ. އާދެ އެއީ ޝަހީދުވެ އަޅުގަނޑުމެންނާއި ވަކިވެފައިވާ މައުސޫމު ފުރާނަތަކެވެ. އެކުދިންގެ ކުށަނީ މުސްލިމުންނަށް ވުންތޯއެވެ؟ 

ޝަހީދުވެފައިވާ މުސްލިމް ކުޑަކުދިން

މިކަމުގެ ޒިންމާ ނަގަނީ ކޮންބައެއްތޯއެވެ؟ މިއަދު އިސްލާމީ ދަޢުލަތްތައް ކޮބައިތޯއެވެ؟ އަނިޔާ ލިބެމުންދާ މުސްލިމުންނާއެކު ތެދުވާނެ އިސްލާމީ ޤައުމެއްގެ ވެރިއެއް މިއަދު ނެތީތޯއެވެ؟ އިސްލާމީ ޤައުމުތަކުގައިވަނީ ޔޫރަޕާއި އެމެރިކާ ރުހޭ އެމީހުން ބުނިހާ ގޮތެއްހަދާނެ ގޮނޑިކޮއްކޮ ސަރުކާރުތަކެއް ޤާއިމްކޮށްފައެވެ. އެންމެ ބޮޑުވަރަކަށްވެސް ކޮށްލެވޭ ކަމަކީ ހަރުކަށިކޮށް ކުށްވެރިކޮށްލުމެވެ. އެހިސާބުން ވާޖިބު އަދާވީއެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް