ހޮޅުދޫ މީހުން "ކުކުޅު އަޅާ އޭތި" ކިޔަނީ ބިހަށްތަ؟
ހޮޅުދޫ މީހުން "ކުކުޅު އަޅާ އޭތި" ކިޔަނީ ބިހަށްތަ؟

"ބިސް ހޮޅުދޫ" މި ނަމަކީ އެއްވެސް ދިވެއްސަކަށް އައު ނަމަކަށް ނުވާނެއެވެ. ވާނީވެސް އެހެންތާއެވެ. މިއީ އެތައް ޒަމާންތަކެއް ކުރިން ނ. ހޮޅުދުއަށް ކިޔަމުން އައި ނަމަކަށް ވާތީއެވެ. ނަމަވެސް، ގިނަ ބަޔަކަށް އަދާ ހަމައަށް ވެސް ނޭނގި އޮތް އެއްޗަކީ، މި ނަން ހޮޅުދުއަށް ދެވުނީ ކީއްވެ ކަމެވެ. 

އެއްބަޔަކު ބުނާ ގޮތުން، ހޮޅުދޫ މީހުން ކުކުޅު ބިހަަށް ބިސް ނުކިޔައެވެ. އެމީހުން އެޔަށް ކިޔަނީ "ކުކުޅު އަޅާ އޭތި" މިހެންނެވެ. ހޮޅުދުއަށް "ބިސްހޮޅުދޫ" ކިޔުނީ މިހެންވެ ކަމަށް އެމީހުން ބުނެއެވެ. އަނެއް ބަޔަކު ބުނަނީ، މަތިން ބަލައިފި ނަމަ ހޮޅުދޫ ފެންނަނީ ބިހެއްގެ ބައްޓަމަށެވެ. އެއީ ތެދެކެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަން ހުރީ އެފަދަ ގޮތަކަށެވެ. ދެން ތިބި ބަޔަކު ބުނަނީ، މާ ކުރީގައި ހޮޅުދޫއަށް އާދަޔާ ހިލާފަށް ވެލާ އަރާ، ބިސް އަޅަމުން ދިޔަ އެވެ. އެހެންކަމުން، އެކަމަށްޓަކައި "ބިސް ހޮޅުދު" މި ނަން ދެވުނީ ކަމަށެވެ. ނަމަވެސް، އިސްވެ ދެންނެވުނު ކަންކަމަކީ އަދި މީވެ ހަގީގީ ސަބަބު ނޫން ކަމުގައި، ތާރީހު ހެކިދެއެވެ.

ކޮންމެއަކަސް، މިކަމުގެ ހަގީގަތް ތާރީހުގެ އަލީގައި ހާމަކޮށްލާނަމެވެ. މިރަށަށް "ބިސް ހޮޅުދޫ" ކިޔުނީ ކުރީ ޒަމާނުގައި އެރަަށަށް ރަދުން ވަޑައިގަތުމުން އެބޭފުޅުންނަށް މުޅިންވެސް ބިސް ހުރި ކޭމެއް އެރުުމުން ކަމަށް ތާރީހީ ލިޔުންތަކުން ފެންނާން އެބަހުއްޓެވެ. އެކޭން ރަދުން އަށް ފެނުމުން ރަދުން ބުނި ކަމަށް ވެއެވެ.  "އެހެންވީމަ މިއީ ބިސް ހޮޅުދޫތާއޭ، އެއީކަމަށްވަނީ މިނަން ކިޔުނުގޮތަކީ،" މިހެންނެވެ.

މިއީ "ބިސް ހޮޅުދޫ" ކިޔުނު ގޮތާއިމެދު، ތާރީހު ދިރާސާ ކުރާ މާހިރުންގެ އިތުރުން، އެރަށުގެ އިސްރަށްވެހިން އިއްތިފާގުވެލައްވާ ގޮތެވެ.

 


ކިޔުންތެރިންގެ ހިޔާލް

2019-05-13 10:18:15
Bisvazeeru
Hurihaa dhiraasaathakun dhakkaagothugaa hama bisholhudhoo ah nan nisbaivaa varuge dhiraasaahahthahaaves.. bihaagulhilaamehifavaa rasheh thee
އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް