ކެނދިކުޅުދޫ: 18 ވަނަ ހޮލިޑޭކަޕް ފުޓުބޯޅަ މުބާރާތް ސެޕްޓެމްބަރގައި!
މުބާރާތުގައި 2 އަހަރު ބައިވެރިވެފައިވާ ޓީމެއް...

ނ. ކެނދިކުޅުދޫ (13 މެއި): ނ. ކެނދިކުޅުދޫ ޒުވާނުންގެ ދިރުން ޖަމުއިއްޔާއިން ބާއްވާ 18 ވަނަ ހޮލިޑޭކަޕް ފުޓުބޯޅަ މުބާރާތް ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު ފެށުމަަށް ނިންމައިފިއެވެ.

މިކަމާއި ގުޅިގެން، ކެނދިކުޅުދޫ ޒުވާނުންގެ ދިރުމުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، 2002 ވަނަ އަހަރުން ފެށިގެން އެޖަމުއިއްޔާއިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހޮލިޑޭކަޕް ފުޓުބޯޅަ މުބާރާތް މިއަހަރުވެސް ބާއްވަން ހަމަހެހިފައިވާ ކަމަށެވެ. އަދި މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ކެނދިކުޅުދޫއަަށް ހުޅުވާލާފައިވާ ކަމަށާއި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 15 ޖުލައިގެ ކުރިން ސިޓީއަކުން އެޖަމުއްޔާއަަށް އެކަމަށް އެދި ހުށައެޅުން އެދޭ ކަމަށް ވެސް އެޢިއުލާންގައި ބުނެފައިވެއެވެ.

މީގެ އިތުރުން، 1 އޯގަސްޓް 2019ގެ މެންދުރު 12:00ގެ ކުރިން ޓީމް ލިސްޓްތައް ހުށައަޅަންވާނެ ކަމަަށް އެޖަމިއްޔާއިން ނެރުނު އިޢުލާނުގައި ވެއެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް