މަނަދޫ އަރތް ފިހާރަައިގެ މުވައްޒިފުންނަށް ރޯދަ އިނާޔަތުގެ 3000 ރުފިޔާ ދީފި!
މަނަދޫ | އަރތް ފިހާރަ

ނ. މަނަދޫގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި އަރތް ފިހާރަައިގެ މުވައްޒިފުންނަށް ރޯދަ އިނާޔަތުގެ 3000 ރުފިޔާ ދީފިއެވެ.

ވަޒީފާއާއި ބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ދަށުން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒިފަކަށް ރަމަޟާން މަހުގެ އިނާޔަތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000/- (ތިންހާސް ރުފިޔާ) ދިނުން ލާޒިމުކުރެއެވެ. އެހެންކަމުން، މަނަދޫގައި ހިންގާ އެންމެ ވަރުގަދަ އަދި ބޮޑު ވިޔަފާރި ކަމަށްވާ "އަރތް"ގައި މަސައްކަތްކުރާ ހުރިހާ ދޭސީ މުވައްޒިފުންނަށް ދެދުވަސް ކުރިން ދިން 1000 ރުފިޔާގެ އިތުރުން ރޭގެ ވަގުތެއްގައި 2000 ރުފިޔާ ދީ، ޖުމުލަ 3000 ރުފިޔާގެ ރޯދަ އެލަވެންސެއް ދީފައިވާ ކަމަށް އެފިހާރައިން ބުނެއެވެ. ފިހާރައިން ބުނީ، ސްޓާފުންގެ ޝަކުވާ ލިބުމުން ޤާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް ރޯދަ އިނާޔަތް ދީފައިވާ ކަމަށެވެ.

މަނަދޫ އަރތް ފިހާރަައިގައި ޖުމުލަ 11 ދިވެހި މުވައްޒިފުން މަސައްކަތް ކުރެއެވެ.

 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް