ސްކައި ރަމްޞާން ފުޓްސަލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
ސްކައި ރަމްޞާން ފުޓްސަލް ކަޕް 2017 ފައިނަލް މެޗް

ސޮސައިޓީ ފޯރ ކެނދިކުޅުދޫ ޔޫތް (ސްކައި) އިން އިންތިޒާމުކުރާ "ސްކައި ރަމަޟާން ފުޓްސަލް މުބާރާތް 2019" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

މުޅި ކެނދިކުޅުދުއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މިފުޓްސަލް މުބާރާތަކީ، ކޮންމެ ދެއަހަރުން އެއްއަހަރު ބާއްވަމުން އަންނަ ފޯރިގަދަ މުބާރަތެކެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އެޕްރީލް 20 ވަނަ ދުވަހާއި ހަމައަށް ހުޅުވާލައިފައެވެ.

ޗެމްޕިއަން ޓީމަކަށް 10000 ރުފިޔާ އަދި ރަނަރަޕް ޓީމް އަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައިވާ މިމުބާެރާތުގައި،  ކުޅެވޭނީ ހަމައެކަނީ ކެނދިކުޅުދުއަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ. ނަމަވެސް ކީޕަރެއްގެ ގޮތުގައި އެހެން ރަށެއްގެ ކުޅުންތެރިއަކު ބޭނުން ކުރެވިދާނެ ކަމަށް ސްކައި އިން ބުނެއެވެ.

ސޮއިޓީ ފޯރ ކެނދިކުޅުދޫ ޔޫތް އަކީ ކެނދިކުޅުދޫ ހަރަކާތްތެރިވާ  އިޖްތިމާޢީ ޖަމްޢިއްޔާއެކެވެ. 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް