ދިވެހި ބަހުގެ ދުވަސް ފާހަގަކުރަން ޅޮހީ ސްކޫލްގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި!  
ޅޮހި ސްކޫލް

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނ. ޅޮހީ ސްކޫލްގައި  ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން، ދިވެހި ބަހުގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ޅޮހީ ސްކޫލްގައި އެންމެ ފުރަމަތަ ބާއްވާފައި ވަނީ ހާއްސަ އެސެމްބްލީ އެކެވެ. އިއްޔެ ބޭއްވި، މިއެސެމްބްލީގައި ދަރިވަރުންގެ އިތުރުން ބެލެނިވެރިން ވެސް ބައިވެރިވެފައިވެ އެވެ. މިއެސެބްލީގައި ދިވެހިބަހާ ބެހޭ ގޮތުން ދަރިވަރުން ވަނީ ޝުއޫރު ފާޅު ކޮށްފަ އެވެ. އަދި ހަވީރު ވަނީ ދިވެހި ސަގާފަތް ދަސްކޮށްދޭ ހަރަކާތްތަކާއި  ކާބަފައިން ގެންގުޅިފައިހުރި ކުރީގެ ސާމާނުގެ ނަންތައް ދަރިވަރުންނަަށް ދަސްކޮށްދިނުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފަ އެވެ. 

މީގެ އިތުރުން، އިންޓަރ ހައުސް ވާހަކަ ދެއްކުމުގެ މުބާރާތެއް ވެސް އެސްކޫލުގައި ވަނީ ފަށާފައެވެ. މިމުބާރާތް އަދި ނުނިމޭ ކަމަށް "ނޫނު އޮންލައިން"އަށް މައުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް