ފެނަކައިން 25 ލެޑު ބޮކި ކުޑަފަރި ސްކޫލަށް ހަދިޔާކޮށްފި!
ފެނަކައިގެ ފަރާތުން ކުޑަފަރި ސްކޫލަށް ބޮކި ހަދިޔާކުރުމުގެ ރަސްމިއްޔާތު

ނ. ކުޑަފަރި އިންޖީނުގޭ ހިންގަމުންދާ، ނ. ކުޑަފަރި ފެނަކަ ބުރާންޗްގެ ފަރާތުން، ނ. ކުޑަފަރި ސްކޫލަށް ލެޑް ބޮކިތަކެއް ހަދިޔާކޮށްފިއެވެ.

އެގޮތުން، ފެނަކައިން ވަނީ 25 ލެޑް ބޮކި ކުޑަފަރި ސްކޫލުގެ މެނޭޖްމަންޓާ މިއަދު ހަވާލުކޮށްފައެވެ. މީގެ ގާތްގަނޑަކަށް 4 ގަޑިއިރު ކުރިން ކުޑަފަރި ސްކޫލުން ބުނީ، އެސްކޫލަށް ފެނަކައިގެ ފަރާތުން ހަދިޔާއެއްގެ ގޮތުން ލިބުނު 25 ލެޑް ބޮތްކަށް ޝުކުރު އަދާކުރާ ކަމަށެވެ. 

ދާދި ފަހުން ރަށުގެ އާއްމު ރައްޔިތަކު ވަނީ ސްކޫލަށް ކެމެރާއެއް ވެސް ހަދިޔާކޮށްފައެވެ. އަދި ސްކޫލުގެ ރަންޔޫބީލް ހަރަކާތްތަކުގެ ތެރެއިން "އަހަރެން ވެސް ބައިވެރިވަން" ހަރަކާތައް ގިނަ ބައެއްގެ އެހީ އަންނަނީ ސްކޫލަށް ލިބެމުންނެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް