ނ. އެޓޯލް ސްކޫލުގައި ދިވެހިބަހުގެ ދުވަސް ފާހަގަކޮށްފި!  
Photo: NAEC

ނ. މަނަދޫގައި ހުންނަ އެޓޯލް ސްކޫލުގައި ދިވެހިބަހުގެ ދުވަސް ފާހަގަކޮށްފިއެވެ.

އެމަދަރުސާގައި ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ވަނީ ކާބޯތަކެތީގެ މައުރަޒެއް ބާއްވާފައެވެ. އަދި  މިއަދު އެމަދަރުސާގައި ވަނީ ދުވަހާގުޅޭ ޙާއްސަ އެސެމްބުލީ އެއް ވެސް ބާއްވާފައެވެ. މިއެސްމްބުލީގައި އެ ސްކޫލްގެ ޕުރިންސިޕަލް  ދުވަހާއި ގުޅޭ މަޢުލޫމާތު ދަރިވަރުންނާއި ޙިއްސާ ކުރައްވާފައެވެ. އޭގެ އިތުރުން  އަދަބީ ޖަމްޢިްްޔާގެ ރައީސް އައިމިނަތު އަޠުފާ ވަނީ ދުވަހުގެ މުހިންމު ކަމާގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. 

މީގެ އިތުރުން، ދިވެހި ބަހުގެ ދުވަހާއި ގުޅުވައިގެން އަދިވެސް އިތުރު ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ކަމަށާއި، މިހަފްތާ ތެރޭގައި އެހަރަކާތްތަށް ވެސް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމަދަރުސާއިން ބުނެއެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް