ނ އަތޮޅަށް އުފަން ޕާޓީއަށް، އެއަތޮޅުން ގޮނޑިއެއްގެ ލެނގޭބައިވެސް ނުލިބުނު!
ނ. އަތޮޅުގެ ދާއިރާތަކަށް އެމްޑީއޭއިން ވާދަކުރި މެމްބަރުން.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަކީ ނ.އަތޮޅަށް އުފަންވި ސިޔާސީ ޕާޓީ އެކެވެ. އެ ޕާޓީގެ ގިނަ މެމްބަރުންނަކީ އެ އަތޮޅަށް ނިޞްބަތްވާ މެމްބަރުންނެވެ. އެ ޕާޓީގެ ލީޑަރ އަޙުމަދު ޝިޔާމް މުޙައްމަދާއި، ޑެޕިއުޓީ ލީޑަރ ޢަލީ މަޢުރޫފުގެ އުފަން ރަށަކީ ނ.އަތޮޅު ކުޑަފަރިއެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީއޭ ވާދަކުރި 8 ދާއިރާގެ ތެރެއިން 4 ދާއިރާއަކީ ނ.އަތޮޅުގެ 4 ދާއިރާ އެވެ. 

އެގޮތުން، ނ. ކެނދިކުޅުދޫ ދާއިރާއަށް ވާދަކުރެއްވީ މިހާރުވެސް އެދާއިރާގެ މެމްބަރ، އަދި އެޕާޓީގެ ޑެޕިއުޓީ ލީޑަރ ޢަލީ މަޢުރޫފެވެ. ނ. ހޮޅުދޫ ދާއިރާއަށް ވާދަކުރެއްވީ، އެމްޑީއޭގެ ލީޑަރ އަޙުމަދު ޝިޔާމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ސާލިމް މުޙައްމަދެވެ. ނ. ވެލިދޫ ދާއިރާއަށް ވާދަކުރެއްވީ އެމްޑީއޭގެ ކައުންސިލް މެމްބަރ މުޙައްމަދު އައްބާސް އެެވެ. އަދި ނ. މަނަދޫ ދާއިރާއަށް ވާދަކުރެއްވީ އެމްޑީއޭގެ ކައުންސިލް މެމްބަރ އިބްރާޙިމް އަސްލަމެވެ. 

ނަމަވެސް 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ނ.އަތޮޅުން އެއްވެސް ގޮނޑިއެއް އެމްޑީއޭ ލިބިފައެއް ނުވެއެވެ.

އާދެ، އުފަންއަތޮޅުން އެޕާޓީއަށް ގޮނޑިއެއްގެ ލެނގޭބައިވެސް ނުލިބުނީއެވެ. ވޯޓުލާ ފަހުބަސް އިއްވީ ރައްޔިތުންނެވެ. އެހެންކަމުން ސަބަބު އެނގޭނީވެސް ހަމަ ރައްޔިތުންނަށެވެ.

 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް