ނ. ވެލިދޫ: ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްްސަަލަ ހައްލު ކުރަނީ!  
Velidhoo Power House

ނ. ވެލިދޫގައި އައު ޖަނަރޭޓަރެއް އިންސްޓޯލުކޮށް، އެރަށަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްްސަަލަ ހައްލުކުރުމުގެ މަސައްކަތް ރަށު ކައުންސިލުން ފަށައިފިއެވެ.

ވެލިދޫ ކައުންސިލުން ވިދާޅުވީ އެރަށް 600 ކިލޯވޯޓްގެ ޖަނަރޭޓަރު ގެނެސްފައިވާ ކަމަށާއި، ޖަނަރޭޓަރު ގެނައިތާ ދުވަސްކޮޅެއްވެފައިވާ ކަމަށެވެ. އަދި މިދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓް ބޭނުންކުރުން އިތުރުވެފައިވާތީ ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑައިން ދިއުމުގެ މައްސަލަ ދިމާވަމުން އަންނަ ކަމަށާއި އެހެންކަމުން އައުޖަނެރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އައު ޖަނަރޭޓަރު އިންސްޓޯލްކޮށް ބޭނުންކުރަން ފެށޭވަރު ވާނީ މިމަހުގެ މެދުތެރޭގައެވެ. އޭރުން މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް