ދިވެހިންނަށް ނެތް ފުރުސަތެއް ދިވެހި ފަސްގަނޑުން ޗައިނާއަށް!
އަރޓިފިޝަލް ބީޗު ސަރަހައްދުގައި ޗައިނާ އެމްބަސީގެ 2 ކާރު

މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުރި ހުރިހާ ވެހިކަލްއެއް ނެގުމަށް ހައުސިން މިނިސްޓްރީން މިދިޔަ އަހަރުގެ އޮކްޓޫބަރ މަހު އެންގިއެވެ. އަދި އެސަރަހައްދަށް ވެހިކަތައް ނުވެއްދުމަށާއި ޕާކު ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

މާލޭ ރިންގްރޯޑްގެ މަސައްކަތް ކުރިއަށް ގެންގޮސް، އެމަގު ދަތުރުފަތުރަށް ހުޅުވާފައިވާއިރު، ރިންގް ރޯޑްގެ އެއްވެސް ސަރަހައްދެއްގައި ވެހިކަލް ޕާކްކުރުން ވަނީ މަނާކޮށްފައެވެ. އެއާއެކު އާޓިފިޝަލް ބީޗް ސަރަހައްދުގައި ވެހިކަލް ޕާކުކުރުން  އާންމުވިއެވެ.

އެހެންނަމަވެސް، އަރޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީކޮށް ނިމެންދެން، އެސަރަހައްދުގައި ވެހިކަލް ޕާކުކުރުން މިހާރުވަނީ ހުއްޓުވާފައެވެ. އެކަމަކު އެސަރަހައްދުން މިހާރު ފެންނަމުންދާ މަންޒަރުން ގިނަބަޔެއްގެ ހިތްތަކުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ވެހިކަލް ޕާކުކުރުން ހުއްޓުވާފައިވާ އެސަރަހައްދުގައި ޗައިނާ އެމްބަސީގެ ދެކާރެއް އެބައޮތެވެ. އެކާރުތައް އެތާ ޕާކުކުރުން އެއްވެސް ބަޔަކު ނުހުއްޓުވަނީ ކީއްވެތޯއެވެ؟ 

ދިވެހިންނަށް ނެތް ފުރުސަތެއް ޗައިނާގެ އެމްބަސީއަށް ދިވެހި ފަސްގަނޑު ލިބުން ހައްޤުތޯއެވެ؟

 

އަރޓިފިޝަލް ބީޗު ސަރަހައްދުގައި ޗައިނާ އެމްބަސީގެ 2 ކާރު
އަރޓިފިޝަލް ބީޗު ސަރަހައްދުގައި ޗައިނާ އެމްބަސީގެ 2 ކާރު

ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް