ފުރަތަމަ ފަހަރަށް އެއަރޕޯޓެއްގެ ރަންވޭ މައްޗަށް ވެލައެއް ބިސް އަޅައިފި!
ފޮޓޯ: މާފަރުގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓްގެ ރަންވޭއަށް ވެލައެއް އަރައި، އެތަނަށް މިއަދު ބިސް އަޅާފައި.

ނ. މާފަރުގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓްގެ ރަންވޭއަށް ވެލައެއް އަރައި، އެތަނަށް މިއަދު ބިސް އަޅައިފި އެވެ މިއީ އެއަރޕޯޓެއްގެ ރަންވޭ މައްޗަށް ވެލައެއް ބިސްއެޅި ފުރަތަމަ ފަހަރެވެ.

ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި ވެލާ އަރައި ބިސް އަޅާފައިވަނީ ސިންގަޕޫރު ކުންފުންޏަކާ ހަވާލު ކޮށްގެން މާފަރުގައި އަޅަމުންދަނީ އިންޓަނޭޝަނަލް އެއާޕޯޓު ރަންވޭގެ ތާރުގަނޑު މައްޗަށެވެ.

މާފަރު އެއާޕޯޓް އަޅަމުންދާ ސަރަހައްދަކީ ކުރިން އާންމުކޮށް ވެލާ އަރައި އުޅޭ ސަރަހައްދެއް ކަމަށްވެ އެވެ. އާންމުކޮށް ވެލާ ބިސް އަޅާނީ ހޭޅިފަށުގެ ދޮންވެލިގަނޑަށެވެ. އެކަމަކު ރަންވޭ އެޅުމާ ގުޅިގެން ވެލާ ބިސްއަޅާނެ ތަނެއް ނެތީ ކަމަށް ބެލެވެ އެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް