އެއްމެ ގިނައިން ބިސްކަނީ ހޮޅުދޫ މީހުން! ފައިދާވެސް ބޮޑު!
ބިސް - ފޮޓޯ: ޒިދާން/ ނ. އޮންލައިން

ނ. އަތޮޅުގައި އެއްމެ ގިނައިން ކެއުމުގައި ބިސް ބޭނުންކުރަނީ ހޮޅުދޫ މީހުން ކަމަަށް "ނޫނު އޮންލައިން" އިން ކުރި ދިރާސާއަކުން ދަައްކައިފިއެވެ. އެހެންކަމުން މި ލިޔުމުގައި މި ބަލައިލަނީ ބިހުން ހަށިގަނޑަށް ލިބޭ ބައެއް ފައިދާ އަށެވެ.

"ބްރެސްޓް ކެންސާ ރިސާޗް" ކިޔާ ޖާނަލެއްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ހާމަވާގޮތުގައި ކޮންމެ ދުވަހަކު ވެސް ބިސް ކެއުމުން އުރަމަތީގެ ކެންސަރު ޖެހުން 18 އިންސައްތަ މަދުކޮށްދެ އެވެ. 

ބިހުގައި އާއްމުގޮތެއްގައި 40 ގުރާމުގެ އެޗްޑީއެލް ނުވަތަ ރަނގަޅު ކޮލެސްޓްރޯލް ހުރެ އެވެ. މިއީ ގިނަ އަދަދެއްގެ ހިތުގެ ބަލިތަކަށް ހުރި ފަރުވާއެކެވެ. ކުރިން ތަޖުރިބާކާރުންނަށް ބެލެވިފައި އޮތީ މާގިނައިން ބިސް ކެއުމުން ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު މާބޮޑަށް މައްޗަށް ދާނެ ކަމަށެވެ. އެހެންނަމަވެސް، މިހާރު ދެނެގަނެވިފައިވާ ގޮތުގައި ކޮންމެ މީހެއްގެ ހަށިގަނޑުން ވެސް އެމީހަކަށް ބޭނުންވާ ވަރަށް ކެލޮރީ ހަމައަކަށް އަޅުވައެވެ.

ދިރާސާތައް ދައްކާ ގޮތުގައި ބިހަކީ ގިނަ އަދަދަކަށް ލޫޓެއިން އެކުލެވޭ އެއްޗެކެވެ. ލޫޓެއިން އަކީ އާއްމުކޮށް ލޮލުގައި ގުދުރަތީ ގޮތުން ހުންނަ އެއްޗެކެވެ. އެއިން ލޮލުގެ ރެޓިނާއަށް އަވިން ލިބޭ ގެއްލުން މަދުކޮށްދެ އެވެ. އެހެންކަމުން ލޯ ދުޅަހެޔޮކޮށް ބެހެއްޓުމަށް ކޮންމެ ދުވަހަކު ބިހެއް ކެއުމަކީ މުހިއްމު ކަމެކެވެ.

ސިކުނޑީގައި އެކުލެވޭ އެންމެ މުހިއްމު އެއް ވިޓަމިނެއް ކަމަށް ދިރާސާތަކުން ދައްކާފައިވަނީ ފޮސްފޮލިޕިޑްސް އެވެ. ދުވާލަކު ދެ ބިސް ކެއުމުން ހަށިގަނޑަށް ބޭނުންވާ ވަރަށް މި ވިޓަމިން ލިބިގެން ދެ އެވެ. މިވިޓަމިން ބޭނުންވާ ވަރަށް ނުލިބިއްޖެ ނަމަ، ހަނދާން ބަލިކަށިވުން ފަދަ މައްސަލަތައް ކުރިމަތިވެދާނެ އެވެ.

ޖަރުމަނުވިލާތުގައި ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި ގަވައިދުން ބިސް ކެއުމަކީ މުސްކުޅިވުން ހުއްޓުވައިދޭ ކަމެއްގެ އިތުރުން ހަމުގެ ކެންސަރު ޖެހުމުން ދުރުކޮށްދޭ ކަމެއްވެސް މެއެވެ. ބިހުގައި އެކުލެވޭ މާއްދާތަކުގެ ތެރޭގައި ހިމެނޭ މާއްދާއެއް ކަމަށްވާ ކެރަޓޮނޮއިޑަކީ މުސްކުޅިވުން ލަސްކޮށްދޭ އެއްޗެކެވެ. އެންމެ ފުރިހަމައަށް ކެރެޓޮނޮއިޑްސްގެ ފައިދާ ހޯދަން ބޭނުންނަމަ، ޖެހޭނީ ބިސް ފެނު ކައްކައިގެން ކާށެވެ. 

ވިޓަމިން ބީގެ ވައްތަރެއް ކަމަށްވާ ފޯލޭޓް ނުލިބުމުން ފޯލެޓް ޑެފިޝެންޓް ވުމަކީ ގިނަ އަންހެނުންނަށް ކުރިމަތިވާ ކަމެކެވެ. ބިހަކީ މިމާއްދާ ގިނަ އަދަދަކަށް އެކުލެވިފައިވާ އެއްޗެއް ކަމުން، ގިނައިން ބިސް ކެއުމުން މިމައްސަލައިން ދުރުވެވޭނެ އެވެ. ފޯލޭޓަކީ އެމީނޯ އެސިޑްސް މަސައްކަތްކުރުވުމަށް މުހިއްމު އެއްޗެކެވެ. ހަށިގަނޑުގެ ސެލްތައް އުފެދުމަށާއި ރެޑް ބްލަޑް ސެލްތައް އުފެދުމަށް މިއީ ވަރަށް މުހިއްމު އެއްޗެކެވެ.

 

 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް