އިންތިޚާބުގެ ނަތީޖާއާއެކު، ގިނަބަޔަކު "ރީންދޫ ލަޝްކަރް"އާ ގުޅެނީ؟
އެމްޑީޕީން އުފާފާޅުކުރަނީ.

ހޮނިހިރު ދުވަހު ނިމިދިޔަ 19ވަނަ ރައްޔިޔުންގެ މަޖިލިސް އިންތިޚާބުން މޯލްޑިވްސް ޑިމަކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ލިބުނު ފަޚުރުވެރި ބޮޑު ކާމިޔާބީއަށްފަހު، ގިނަބަޔަކު އެޕާޓީގެ "ރީންދޫ ލަޝްކަރް"އާ ގުޅުމަަށް ނިންމާ އެކަން މީސްމީޑިއާގައި ހާމަކުރަން ފަށައިފިއެވެ.

މީސްމީޑިއާގެ "ފޭސްބުކް" އަދި "ޓްވީޓަރ"ގައި ގިނަ ބަޔަކު ވަނީ "ރީންދޫ ލަޝްކަރާ ގުޅެން ނިންމައިފިން" ނުވަތަ "ބޮޑު ފަޅިއަށް އަރަން ނިންމައިފިން" ފަދަ އިބާރާތްތަކުން، އެމްޑީޕީއާ ގުޅޭނެކަން ހާމަކޮށްފައެވެ. ސުވާލަކީ އިންތިޚާބުގެ ނަތީޖާއާއެކު ގިނަބަޔެއްގެ ހިތް އެމްޑީޕީގެ ފިކުރަށް ލެނބުނީ ހެއްޔެވެ؟ އެއްކަލަ "އެޖެންޑަރ 19" ބަރާބަރު ވީ ހެއްޔެވެ؟

 

Facebook Post

19 ވަނަ ރައްޔިތުންގެ މަޖިލީހަށް މަންދޫބުން ހޮވަން ނެގި އާއްމު އިންތިޚާބުގެ ވަގުތީ ނަތީޖާގައި ވާ ގޮތުން މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 68 ގޮނޑި އެމްޑީޕީން ކަށަވަރުކޮށްފި އެވެ. އެއީ، މަޖިލީހުގެ ސާފު އަޣުލަބިއްޔަތެވެ. އެއީ މަޖިލީހުގެ "ސުޕަރ މެޖޯރިޓީ" އެވެ.

މިއީ ތާރީޚުގައިވެސް ޕާޓީއަކުން މަޖިލިސް އިންތިޚާބެއް މިހާ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. 

 

 

Facebook Post

ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް