މުޅި ރާއްޖެއަށް "އެޖެންޑަރ 19" ކަމުގޮސްފި!
ރޭގައި ބޭއްވި އެމްޑީޕީގެ އުފާފާޅުކުރުމުގެ އިވެންޓުގެ ތެރެއިން.

ވޯޓެއް ނެގިއްޖެއެވެ. ނަތީޖާ އެނގިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވެސް ނިމިއްޖެއެވެ. ނަތީޖާ ހީކުރިގޮތާ ހިލާފަށް ތަފާތެވެ.

އެނަތީޖާ މުޅި ރާއްޖެ، "ރަން ރީނދޫ ކުލައިން ޖަރީކޮށްފި" އެވެ. އެނަތީޖާ ބުނަނީ، "އެމްޑީޕީއާ އެއްކޮޅަށް ރައްޔިތުން އަރައި ތިލަފަތް ބަރުކޮށްފި" އެވެ. އަދި އެނަތީޖާ ބުނަނީ، އެއްކަލަ "އެޖެންޑާ 19" ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދަން މާބޮޑަށް ވެސް ކަމުގޮސްފި ކަމަށެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މަންދޫބުން ހޮވަން އިއްޔެ ނެގި އާއްމު އިންތިޚާބުގެ ވަގުތީ ނަތީޖާގައި ވާ ގޮތުން މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 68 ގޮނޑި އެމްޑީޕީން ކަށަވަރުކޮށްފި އެވެ. އެއީ، މަޖިލީހުގެ ސާފު އަޣުލަބިއްޔަތެވެ. އެއީ މަޖިލީހުގެ "ސުޕަރ މެޖޯރިޓީ" އެވެ.

މިއީ ތާރީޚުގައިވެސް ޕާޓީއަކުން މަޖިލިސް އިންތިޚާބެއް މިހާ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިއަދު މުޅި ރާއްޖެ ގޮވަމުން ދަނީ "އެޖެންޑަރ 19 ތަފާތުވާނޭ.." ކަމަށެވެ.

 

ރޭގައި ބޭއްވި އެމްޑީޕީގެ އުފާފާޅުކުރުމުގެ އިވެންޓުގެ ތެރެއިން.
ރޭގައި ބޭއްވި އެމްޑީޕީގެ އުފާފާޅުކުރުމުގެ އިވެންޓުގެ ތެރެއިން.
ރޭގައި ބޭއްވި އެމްޑީޕީގެ އުފާފާޅުކުރުމުގެ އިވެންޓުގެ ތެރެއިން.
ރޭގައި ބޭއްވި އެމްޑީޕީގެ އުފާފާޅުކުރުމުގެ އިވެންޓުގެ ތެރެއިން.
ރޭގައި ބޭއްވި އެމްޑީޕީގެ އުފާފާޅުކުރުމުގެ އިވެންޓުގެ ތެރެއިން.

ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް