މަޖިލީހަށް މިފަހަރު 4 އަންހެން މެމްބަރުން، 4 މެމްބަރުން ވެސް އެމްޑީޕީ !
މަޖިލީހަށް މިފަހަރު 4 އަންހެން މެމްބަރުން.

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް މުޅިން އަލަށް ހޮވުނު 2 މެމްބަރުންނާއެކު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަންހެނުންގެ އަދަދު 4 އަށް އަރާފައިވާއިރު، އެ 4 މެމްބަރުންނަކީ ވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާރޓީ (އެމްޑީޕީ)އަށް ނިސްބަތްވާ 4 މެމްބަރުންނެވެ. 

އިއްޔެ ބޭއްވި 19 ވަނަ މަޖިލިސް އިންތިހާބުގައި 31 އަންހެން ކެނޑިޑޭޓުން ވާދަކުރެއްވިއިރު، މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން އޭގެ ތެރެއިން ކާމިޔާބު ލިބިވަޑައިގެންފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މިހާރުގެވެސް މެމްބަރު އީވާ އަބްދު ﷲ އާއި، އައްޑޫމީދޫ ދާއިރާގެ މިހާރުގެ މެމްބަރު ރޮޒެއިނާ އާދަމްއާއި، މަޖިލީހަށް މުޅިން އަލަށް ހޮވުނު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއާއި، ހިންނަވަރު ދާއިރާގެ މެމްބަރަަކަށް ހޮވިވަޑައިގެން މެމްބަރު ޖީހާން މަހުމޫދުއަށެވެ.  

އިއްޔެ އޮތް މަޖިލިސް އިންތިޚާބު ހަތަރު އަންހެން ބޭފުޅަކު ކާމިޔާބު ކުރެއްވި ނަމަވެސް އެއީ ނިސްބަތުން ބަލާއިރު މިހާރު ހިނގަމުންދާ މަޖިލީހުގެ އަންހެން މެންބަރުންނަށް ވުރެ މަދު އަދަދެކެވެ.

2014 ވަނަ އަހަރު އިންތިޚާބު ކުރި މަޖިލީހުގައި 5.9 އިންސައްތަ އަންހެން މެންބަރުން ތިއްބެވި ނަމަވެސް އިއްޔެ އިންތިޚާބު ކުރި މެންބަރުންނާއި އެކު މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި ތިއްބަވާނީ 4.6 އިންސައްތަ އަންހެން މެންބަރުންނެވެ.

2009 ވަނަ އަހަރު އިންތިޚާބު ކުރި މަޖިލީހުގައި 6.5 އިންސައްތަ އަންހެނުން ތިއްބެވިއެވެ. ރާއްޖޭގެ ތާރީޚްގައި ވެސް ނިސްބަތުން އެންމެ ގިނަ އަންހެނުން އިންތިޚާބުވީ 2005 ވަނަ އަހަރު އޮތް އިންތިޚާބުގައެވެ. އެފަހަރު 12 އިންސައްތަ އަންހެނުން އިންތިޚާބު ކާމިޔާބު ކުރިއެވެ. 2000 ވަނަ އަހަރު 6 އިންސައްތަ އަންހެނުން އިންތިޚާބު ކާމިޔާބު ކުރިއިރު 1990 ވަނަ އަހަރު 6.3 އިންސައްތަ އަންހެނުން އިންތިޚާބު ކާމިޔާބު ކުރިއެވެ.

 

 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް