ޔާމިން ނ. އަތޮޅު މީހުނަށް ފައިންޕުޅު ދެއްކެވި ގޮތް އެނގޭތެ؟
ޔާމިން ނ. އަތޮޅު މީހުނަށް ފައިންޕުޅު ދެއްކެވި ގޮތް އެނގޭތެ؟

މިއީ އަހަރުތަކެއް ކުރީގެ ހާދިސާއެކެވެ. މިވާހަކަ މިކިޔައިދެނީ ވަރަށް ގިނަ ބަޔަކަށް އިންޓަރވިޔު ކުރުމަށްފަހު، ލިބުނު މަޢުލޫމާތުގެ މައްޗަށް ބުރަވެގެންނެވެ.

އޭރު ދިވެހިރާއްޖޭގެ ކޮއްމެ އަތޮޅަކަށް ހުންނާނީ 2 މަޖިލިސް މެމްބަރުންނެވެ. މިހާރުހެން ދާއިރާތަކެއް ނުހުރެއެވެ. އެގޮތުން ނ. އަތޮޅަށް ވެސް 2 މެމްބަރަކު ކަނޑައެޅިފައި ހުއްޓެވެ. އޭގެ ތެރެއިން އެކަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދު ﷲ ޔާމިން އަބްދުލް ޤައްޔޫމެވެ.

އެއްދުވަހަކު ރައީސް ޔާމިންގެ އަރިހަށް އެހީއަކަށް އެދި، ނ. ހޮޅުދޫއަށް ނިސްބަތްވާ މީހަކު ދިޔައެވެ. އެނގިފައިވާ ގޮތުން އެއީ އަހުމަދު އިބްރާހިމް ކިޔާ މީހެކެވެ. އޭނަ ރައީސް ޔާމިންގެ އަރިހަށް ދިޔައީ ބައްޕަ ވަރަށް ބޮޑަށް ބަލިވެގެން ބޭސްފަރުވާ ކުރުމަށް ފައިސާގެ އެހީއެއް ލިބޭތޯއެވެ.

އަހުމަދު އިބްރާހިމް ރައީސް ޔާމިންގެ އަރިހަށް ގޮސް ފުރަތަމަ ދެންނެވީ "އަޅުގަނޑު މިއައީ މަނިކުފާނުގެ ފައިންޕުޅު ދެކިލަން" ކަމަށެވެ. އިސާހިތަކު ރައީސް ޔާމިން ކަންތައްކުރެއްވީ އެފަދަ މަޤާމެއްގައި ހުންނެވި ބޭފުޅަކު ކަންތައް ކުރައްވާނެ ގޮތަކަށް ނޫނެވެ. އެމަނިކުފާނުގެ އަމަލުފުޅު ހުރީ ވަރަށް ވެސް ލަދުވެތި ގޮތަކަށެވެ. 

އެމަނިކުފާނު ކުރެއްވި ކަމަކީ އަރުއްވައިގެން ހުންނެވި ބޫޓާއި އިސްޓާކީނު ބޭލީއެވެ. އެއަށްފަހު ފައިންޕުޅު ދެކިލަން ދިޔަ ބޭފުޅާއަށް އެމަނިކުފާނުގެ ފައިތިލަ ދައްކަވާފައި ވިދާޅުވީ، "އަން މިއޮތީ ފައިންޕުޅު ބަލާ" މިހެންނެވެ.

 

ނޯޓު: މިއީ ހިނގާފައިވާ ހަގީގީ ހާދިސާއެކެވެ. ހަދަހަދައިގެން ލިޔެފައިވާ ވާހަކައެއް ނުމެ ނޫނެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް