"ޕަބުޖީ"އާ ޝައިތާނާ ހުރި ތަފާތަކީ ކޮބާހެއްޔެވެ؟
......

ޕަބްޖީއަކީ ހަނގުރާމަތީ ސްޓައިލަކަށް ދާ ވީޑިއޯ ގޭމެކެވެ. ބައެއް ފަހަރު މިގޭމުގެ އެންމެ ގަނޑެއް ޖަހާލުމަށް އެއް ގަޑިއިރު ނުވަތަ ދެ ގަޑިއިރެއް ހާއިރު އެބަ ހޭދަވެއެވެ. މިފަދައިން ޕަބްޖީގައި ވަގުތުތައް ބޭކާރުކޮށްލާއިރު ވެވޭ ވަރަށް ބޮޑު އިހްމާލެއް އެބައޮވެއެވެ.  އެއިޙްމާލަކީ ކޮބާހެއްޔެވެ؟ ރަނގަޅެވެ. ނަމާދު އެޅުމެވެ.

އާދޭހެވެ. އެއީ ބަންގީގެ ވަގުތުގައި ބަންގީގެ އަޑުން މުޅި ތަން ގުގުމާލައިރު، ކަންފަތައް ހެޑްސެޓް ޖަހައިގެން ނުވަތަ "حي على الصلاة  (ނަމާދަށް އަވަހަށް އަންނާށެވެ)" ގޮވަގޮވާ އޮއްވާ އެގޮވެއްޔަށް ބީރުކަންފަތެއް ދެވުމެވެ. "حي على الفلاح  (ފަލާހާއި ކާމިޔާބީއަަށް އެދޭނަމަ އަންނާށެވެ)" މިގޮވުމަށް އިޖާބަނުދެވުމެވެ. ކީއްވެބާއެވެ؟ އެއްކަލަ ޕަބްޖީގެ އަވައިގައި ޖެހިގެންނެވެ. ނުވަތަ ކުޅެން އިން މެޗު ޑިޗްކޮށްލާފައި ދާން ބޭނުން ނުވީތީއެވެ. ނަމާދުގެ މައްޗަށް ޕަބުޖީ އިސްކުރީތީއެވެ.

ދަންނާށެވެ. ނަމާދަކީ މާތްވެގެންވާ އިސްލާމްދީނުގެ މައި ތަނބުކަން ހަނދާން ކުރާށެވެ. ކާމިޔާބާއި ނަސީބު ލިބިގެންވަނީ އޭރުންނެވެ. ނަމާދަކީ އޭގެ ވަގުތުގައި ކުރުން މޮޅުއިތުރުވެގެންވާ އަޅުކަމެކެވެ. އަދި ޝަރުއީ އުޒުރެއް ނެތި (ނިދުމާއި، ހަނދާން) ނެތުން ފިޔަވައި ގަސްތުގައި ނަމާދު އަޅައިފިނަމަ އެމީހަކު ދީނުގެ ތަނބު މުގުރާލައިފިއެވެ. މިއަަށްވުރެ ވަކި ނުބައި ކަމެއް ކުރެވޭނެތޯއެވެ؟

ދީނުގެ ތަނބު މުގުރާލުމަށް ނުވަތަ އެމީހަކު ނަމާދު އެޅުމަށް ވާގިވެރިވާނީ ނުބައިވެގެންވާ ޝައިތާނާއެވެ. އެޝައިތާނާއަށް މިކަމުގައި އެހީތެރިވާނެ އަދި ވާގިވެރިވާނެ އެޖެންޓަކަށް މިއަދު ޕަބުޖީވެސް އެވަނީ ވެފައެވެ. ޝައިތާނާއާ ޕަބުޖީއާ ހުރި ތަފާތަކީ ކޮބާހެއްޔެވެ؟


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް