ޖޭޕީ ކޯލިޝަން ހެދީ "ޕީޕީއެމް"އާއެވެ. "ސަޓޯ" ސަރުކާރު ކެންޑިޑޭޓަކަށް ވަނީ ކީއްވެތޯއެވެ؟
......

ކުރިން ސަރުކާރު ކޯލިޝަންގައި އޮތް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ނ. ހޮޅުދޫ ދާއިރާގެ މަޖިލީހު ގޮނޑިއަށް ވާދަކުރައްވާ އަބްދުލް ސައްތާރު (ސަޓޯ)އަކީ ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި "ލޭބަލް"ކޮށްގެން ކެމްޕޭން ކުރާތީ ފެނެއެވެ.

މިލިޔުން މިލިޔަނީ ސިޔާސީ ފިކުރެއް އިސްކޮށްގެނެއް ނޫނެވެ. ނަމަވެސް، އޮޅުން އަރާފައިވާ ސުވާލަކަށް އެއްމެ އެކަށޭނަ ޖަވާބެއް ރައްދުކުރެވޭތޯއެވެ. ދަންނަވަންތޯއެވެ؟ ޖެޕީގެ ލީޑަރ ޤާސިމް ވަނީ، ސަރުކާރު ކޯލިޝަނުން ވަކިވެފައެވެ. އިދިކޮޅު "ކޮންގުރެސް ކޯލިޝަން"އާ ޖެޕީން ގުޅި، އެބޭފުޅުންގެ ކެންޑިޑޭޓުންނަށް ފާޅުގައި އެވަނީ ޖެޕީން ތާއިދުކޮށްފައެވެ. މިހާ ހިސާބަށް ކަންތައް ދިޔުމުން މީހަކު ނުބުންޏެއް ކަމަކު އެނގޭ ކަމަކީ ޖޭޕީއަކީ މިހާރު ސަރުކާރު ކޯލިޝަންގައި އޮތް ޕާޓީއެއް ނޫން ކަމެވެ.

އަނެއްކޮޅުން އެއް ޕާޓީއަކަށް 2 ކޯލިޝަންގައި އޮވެވުން މިއީ ބޮޑު އަރަތެކެވެ. ބުއްދި ޤަބޫލު ކުރެވޭނޭ ކަމެއް ވެސް ނޫން ވިއްޔާއެވެ. ސަރުކާރު ކޯލިޝަން އެބަ އޮތް ކަމަށާއި ނަމަވެސް މަޖިލިސް އިންތިހާބުގައި ތާއިދު ކުރައްވާނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީއާ ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޯލިޝަނުން ނެރޭ ކެންޑިޑޭޓުންނަށް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމުން ކިތަންމެ ބަޔަކު ޖޯކު ޖަހާނެއެވެ. އެކަން ހަމަ ޔަގީނެވެ. މިއީ އަހަަންނަކީ ދިވެހިރާއްޖޭގެ ޤަައުމީ ޓީމުގެ ކުޅުންތެރިޔަކަށް ވެހުރެ، މެޗުގައި އިންޑިޔާގެ ގައުމީ ޓީމަށް ކުޅެދިނުން ކަހަލަ ކަމެކެވެ. މިކަން މިހެން އޮތްއިރު، ސަޓޯގެ ކެމްޕެއިންގައި "ސަރުކާރު ކެންޑިޑޭޓް" މިޝިއާރު ބޭނުން ކުރުމުގެ ހައިސިއްޔަތެއް އެއްވެސް މީހަކަށް އޮންނާނެ ކަމަށް ޒަމީރު ޤަބޫލެއްނުކުރެއެވެ. މިއީ ފިކުރީ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ނުވާނެތޯއެވެ؟ 

މިކަމުގައި ހުކުމެއް ކުރާކަށް ނެތީމެވެ. އަޅުގަނޑަކީ ނޫސްވެރިޔެކެވެ. މިހާ ހިސާބުން ހަނު ހުންނާނަމެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް