ޅޮހިގައި ފުޓުބޯޅަ ކުޅެން ފެށިތާ 25 އަހަރުވީ، ރިހިޖުބިލީ ފާހަގަކޮށްފި!
އިންޓަރ ހައުސް ފުޓުބޯޅަ އަދި ނެޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު | ފޮޓޯ: ރިޝްމާ

ނ. ޅޮހިގައި ފުޓުބޯޅަ ކުޅެން ފެށިތާ 25 އަހަރުވީ، ރިހިޖުބިލީ ފާހަގަކޮށްފިއެވެ. އެރަށުގައި ފުޓުބޯޅަކުޅެން ފަށާފައިވަނީ 1994 ވަނަ އަހަރުގެ ތެރޭގައެވެ.

ޅޮހި ފުޓުބޯޅައިގެ ރިހިޖުބިލީ ފާހަގަކޮށްފަައި ވަނީ އެރަށުގައި ހުންނަ ޅޮހި ސްކޫލުގެ އެނުއަލް އިންޓަރ ހައުސް ފުޓުބޯޅަ އަދި ނެޓްބޯޅަ މުބާރާތް ފެށުމަށް ބޭއްވި ރަސްމީ ހަފްލާގެ ތެރެއިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިހަފްލާގައި ލޮހި ފުޓުބޯޅައިގެ ތާރީޚަށް އަލިއަޅުވާލާއި، ބައެއް މަޢުލޫމާތު ހަފްލާގެ ބައިވެރިންނަށް ހުށައަޅައިދީފައި ވެއެވެ.

މީގެ ކުރީ އަހަރުތަކުގައި ވެސް އޮންނަ އުސޫލުން ޅޮހި ސްކޫލުގެ ހައުސްތަކުގެ މެދުގަަައި ކުޅެވޭ ފުޓުބޯޅަ އަދި ނެޓްބޯޅަ މުބާރާތް މިއަދު ފަށާފައިވާއިރު، ތަފާތު ކަމެއް ފާހަގަވެގެން ދިޔައެވެ. އެގޮތުން "ހުރަވީ" ހައުސްގައި ކުރިން ބޭނުންކުރި ނޫކުލައިގެ ބަދަލުގައި، މިއަހަރު ފެނިގެންދަނީ ދަނބުކުލައެވެ.

"ނޫނު އޮންލައިން"އަށް މައުލޫމާތު ދެމުން އެސްކޫލުގެ ޓީޗަރަކު ވިދާޅިވީ، "ހުރަވީ ހައުސްގެ ކުލަ ބަދަލުކުރީ ނޫކުލައަކީ ސްކޫލުގެ ރަސްމީ ކުލައަށް ވާތީ" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލް

2019-03-28 20:40:05
Boalhabe
sahha mauloomaathu libigen habaru fethurumah govaalan
އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް