ޅޮހި ފުޓްސަލް ދަނޑުގައި ލައިޓު ހަރުކޮށް، ރޭގަނޑު ވެސް ކުޅެވޭ ގޮތް ހަދަނީ!
މިނިސްޓަރ ޅޮހީގައި.

ނ. ޅޮހި ފުޓްސަލް ދަނޑުގައި ލައިޓް ހަރުކުރައްވާ ވަރަށް އަވަހަށް އެތަނުގައި ރޭގަނޑު ވެސް ކުޅެވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު  ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިނިސްޓަރ ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނ. ޅޮށްސަށް ވަޑައިގެން އެރަށުގެ ޒުވާނުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

މީގެ އިތުރުން، ޅޮށްސަށް މިނިސްޓަރ ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިކަން ފާހަގަކޮށްލެވެއެވެ. މިދަތުރުފުޅުގައި މަހުލޫފް ވަނީ އެރަށު ކައުންސިލާވެސް ބައްދަލު ކުރައްވާފައެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް