ފޮއްދޫގަައި ފުޓްސަލް ދަނޑަކާއި ވޮލީކޯޓެއް އަޅަނީ!
މިނިސްޓަރ ފޮއްދޫ ފާލަންމަތީގައި.

ނ. ފޮއްދޫގައި މިއަހަރުތެރޭ ފުޓްސަލް ދަނޑަކާއި ވޮލީކޯޓެއް އަޅުއްވައިދެއްވާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަޙުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ނ. ފޮއްދުއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި، އެރަށު ޒުވާނުންނާ ބަައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ފޮއްދުއަށް މިނިސްޓަރ ވަޑައިގެންނެވުމުން އެމަނިކުފާނަށް އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިދަތުރުފުޅުގައި މަހުލޫފް ވަނީ އެރަށު ކައުންސިލާ 

ބައްދަލުކުރައްވައި، ސަރުކާރަށް ފޮއްދޫ ކައުންސިލުގެ މެޖޯރިޓީ ނެތް ނަމަވެސް ސަރުކާރުން ކަންކަން ކުރުމުގައި ދޭންޖެހޭ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ. 

ފޮއްދޫގެ އިތުރުން އެމަނިކުފާނު މިއަދު ޅޮހި، އަދި ވެލިދޫއަށް ވެސް ވަޑައިގެންފައި ވެއެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް