ހޫނުވާނެ! ސަމާލުވޭ!
ނ. މަނަދޫ

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އާދަޔާހިލާފަށް ހޫނުގަދަވާނެ ދުވަސްވަރަކަށް ވުމުން، މިކަމަށް ސަމާލުވެ، ރައްކާތެރިވުމަކީ މުޙިއްމު ކަމެކެވެ.

އެގޮތުން، ހޫނުން ރައްކާތެރިވުމަށް ހޫނު ގަދަ ގަޑިތަކުގައި ކުޅިވަރު ކުޅުމާއި އެކިއެކި ހަރަކާތްތައް ބޭރުގައި ނުވަތަ އަވީގައި އިންތިޒާމުކުރުމުގެ ބަދަލުގައި ފިނި ވަގުތުތަކުގައި ނުވަތަ އެތެރޭގައި އެފަދަ ކަންތައް އިންތިޒާމުކުރުން މުޙިއްމެވެ. އަދި އެންމެ އަވިގަދަ ވަގުތުތަކުގައި އަވީގައިއުޅޭ މިންވަރު މަދުކޮށް ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް، ކަރު ނުހިއްކި ނަމަވެސް ފެން ބޯންވާނެއެވެ. ހަމައެހެންމެ، ހަކުރު އަދި ކެފެއިން ހުންނަ ބުއިންތައް ބޭނުން ކުރުމުން ދުރުވުމަކީ ކުރެވިދާނެ މުޙިއްމު ކަމެކެވެ.

މީގެ އިތުރަށް، ބޭރަށް ނިކުންނަ އިރު އަތްވާއި ހޫނުން ރައްކާތެރިވުމަށް ޔޫވީ ރޭޑިއޭޝަން ފިލްޓާ ކޮށްދޭ އަވިއައިނު އެޅުމުގެ އިތުރުން، ވިހާވެސް ކުލަމަޑު، ހަށިގަނޑު ނިވާވާނެ ހެދުން ލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

ހޫނު ގަދަވުމުގެ ސަބަބުން ފެންމަދުވެ، ބޯއަނބުރާ، އަތްފައި ފިނިވުން ފަދަ ކަންތައް ދިމާވާނެއެވެ. ލޮލަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ލޮލުގެ މަތީފަށަލަ ފިހުން ލޯ ފުސްވުން ފަދަ ކަންތައް ދިމާވާނެއެވެ. އަދޖ ހަންގަނޑު ރަތްވެ ފޮޅުނެގުން، ކުދި ރަތް ބިހި ނެގުން ފަދަ ކަންކަމާ ކުރިމަތިލާންޖެހޭނެއެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް