ހޯރަފުށި - އިހަވަންދޫ: ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި!
ކެމްޕެއިން ބެނާއެއް.

ޒަމާނުންސުރެ ހއ. އިހަވަންދޫއަކީ، އެއަތޮޅު ހޯރަފުށްޓާ މާބޮޑެއްކޮން ޖައްސާލައިގެން ޒާތީ ހަސަދަ ފިލުވާ ރަށެއްކަން ތުންތުން މަތިން ދެކެވޭ ވާހަކަތަކުން އެނގެއެވެ. މީގެ ހެއްކަކަަށް ހޯރަފުށި ސްކޫލު ފުދެއެވެ. މޮޅު ދަރިވަރުންތަކެއް ތަޢުލީމު ހާޞިލުކުރަމުން ދިޔަ އެސްކޫލުގެ ކިޔެވުން ދަށްވީ ބުނެފަކާ ނޫނެވެ. ބުނެވޭ ގޮތުން މިއީ އިހަވަންދޫ މީހުން ބޭލި ހަސަދައިގެ ނަތީޖާއެވެ. ސިހުރުގެ ކަންތައްގަނޑެކެވެ. ހަމަ މިގޮތަށް، ހޯރަފުށި ފަޅަށް ވަންނަ މަސްއައިން ވަރުވެސް ފަންޑިތައިގެ ބާރުން އިހަވަންދޫ މީހުން ގެންގޮސް އުޅޭ ކަމަށް ވެއެވެ. 

ނަމަވެސް، ތާރީޚުގެ ތެރެެއަށް މިހުރިހާ ކަމެއް އޮބިގެން ގޮސް، ދެރަށުގެ ދޭތެރޭ އޮތް ހޫނުކަމަށް ފިނިކަމެއް ލިބިގެން ހިންގައްޖެއެވެ. ހަނގުރާމަ ނިމި އަހަރުތަކެއް ފާއިތުވެއްޖެއެވެ.

އަނެއްކާވެސް، ދެރަަށުގެ ދެމެދެ ހަނގުރާމައެއް ފަށައިފިއެވެ. މިފަހަރު ސިޔާސީ ހޫނުވުމެކެވެ. ރައްޔިތުންގެ މަޖިލީހުގެ ވާދަވެރި ކެމްޕެއިންގެ ތެރެއިން މިހަނގުރާމަ ފެށުނީ، އިހަވަންދޫ ދާއިރާއަށް ކުރިމަތިލި މެމްބަރުގެ ކެމްޕެއިން ބެނާއެއްގަައި "ހޯރަފުށި ފަޅުތެރޭގައި އިހަވަންދިޕޮޅު އެއަރޕޯޓު އެޅިޔަކަ ނުދޭނަން!" މިހެން ލިޔެފައިވާ މަންޒަރު ފެނުމުންނެވެ. ކެމްޕެއިން ކުރުމުގެ އުސޫލުތަކާ ހިލާފު އެބެނާގެ ސަބަބުންނެވެ.

މިހިސާބުން ސޯޝަލް މީޑިއާގައި "އެއާޕޯޓު އަޅާނީ މިރަށުގައި" ބަހުސް ފެށިއްޖެއެވެ. ހޫނުގަދަ މިބަހުސްގައި ކޮއްމެ ބަޔަކު ގަދަހިފިޔަސް ހަގީގަތެއް ބަދަލެއް ނިކުރެވޭނެއެވެ. ހޯރަފުށި އެއަރޕޯޓަކީ ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ. އެހެންވީރު ދެވަނަ ސުވާލުމާކެއް ޖެހުމަކާނުލާ އެނގޭ އެއްޗަކީ އެއަރޕޯޓެއް އެޅިޔަސް އަޅާނީ ހޯރަފުށިގައި ކަމެވެ. އެހެންކަމުން މިކަމާގުޅިގެން ހަނގުރާމައެއް، ބަހުސެއް ކުރުމެއް ނެތެވެ. 

ދެންކުރެވެމުންދާ ބަހުސްެއަކީ، ހޮސްޕިޓަލް ފެންވަރަށް ތަރައްގީ ކުރާނީ ހޯރަފުށި ސިއްހީ މަރުކަޒުތޯ؟ ނުވަތަ އިހަވަންދޫގައި ހުންނަ ސިއްހީ މަރުކަޒުތޯއެވެ؟ މިދެތަނަށް ބަލާލާއިރު ވޭތުވެދިޔަ ސަރުކާރުތަކުން އެއްވެސް އަޅާލުމެއް ދީފައި ނުވާތަނަކީ ހޯރަފުށި ސިއްހީ މަރުކަޒެވެ. ވީމާ އަޅުގަނޑުގެ ނަޒަރުގައި އަދި ހަގީގަތުގައި ވެސް، ސަރުކާރުން ދެން އަޅާލުމެއް ބަހައްޓަންޖެހޭނީ ހޯރަފުށި ސިއްހީ މަރުކަޒަށެވެ. ނޫންތޯއެވެ؟

ސޯޝަލްމީޑިއާގައި މިހާރު މިދެރަށުގެ ރައްޔިތުންގެ ދެމެދު ކުރެވެމުންދާ ހަނގުރާމައިގެ އަސްލަކީ ކުރިން ދެންނެވުނު ބެނާއެވެ. ކެމްޕެއިންގައި ޖައްސާ މިފަދަ ސްޓަންޓްތަކުގެ ސަބަބުން މުޖުތަމައުގައި ހަމަނުޖެހުމާއި، ފިތުނަ ފަސާދަ އާއްމުވެއެވެ. އެހެންކަމުން ބުއްދިވެރި ގޮތަކީ އަހުލާގީ މިންގަނޑުތަކުން ނުވީއްލި، އަދަބުވެރި ކެމްޕެއިނެއް ކުރުމެވެ.


ކިޔުންތެރިންގެ ހިޔާލް

2019-03-25 02:23:31
ހޯރަފުށީ މީހާ
ތަންކޮޅެއް ޒިންމާދާރުކޮށް ލިޔާ ލިޔުންތައް ލިޔުމަށް ސަމާލުވުމަށް ގޮވައިލަން. އަމުދުން އެހެން މީހުންނާއި އެހެން ރަށްރަގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެފަރާތްތަކުގެ ބަސްހޯދުން މުހިއްމު... ހައްސާސީ މައްސަލަތަކަށް ޒިންމާދާރު ނޫސް ވެރިކަން މުހިއްމު.... ދަމާލެވޭ ފޮތިގަނޑަކުން ފެންނަ އެއްޗަކަށް ޚަބަރުގެ ލީޑު ނެގުމުގެ ކުރިން ކަންކަން ދަސްކުރަންވާނެ
2019-03-25 05:25:05
Adam
Dhe rashuge dhrmedhu evves massalaeh nei, mikamakee ihavandhoo MDP fundaalan moya bayaku raavaigen kuraakameh.
އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް