ނ. ކުރެދިވަރު ފަޅުވި ގޮތް އެނގޭތަ؟
ކުރެދިވަރު - ފޮޓޯ: ހުސެން ނިޔާޒު

ނ. ކުރެދިވަރަކީ، އަތޮޅުގެ 58 ފަޅުރަށުގެ ތެރޭން ރަށެކެވެ. ކުރެދިވަރު ފަޅުރަށަކަށްވުމުގައި ވަރަށް އާދަޔާ ހިލާފު ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. މިލިޔުމުގައި  އޭގެ ތެރޭން ބައެއް ވާހަކަ ހިއްސާކޮށްލާނަމެވެ.

ތުންތުން މަތިން ދެކެވޭ ވާހަކަތަކުން، ކުރެދިވަރަކީ މިހާރުވެސް ތަފާތު ބިރުވެރި ހާދިސާ ދިމާވާ ރަށެއްކަން އެނގެއެވެ. އެގޮތުން، އެރަށަށް ދަތުރު ދާ މީހުންނަށް އެރަށުގެ މޫދުން އަދި ގޮނޑުދޮށުން ގިނަ އަދަދަކަށް ގަބުރު ކަށި ފެންނަ ކަމަށް ވެއެވެ. ބުނެވޭ ގޮތުގައި ކުރެދިވަރަކީ ސިހުރު ހާހުރައިން ރަށުގެ ދެބަޔަކު ހަނގުރާމަކޮށް ހަލާކުވި ރަށެކެވެ.

ަހަމަ އެހެންމެ، ބުނާތީ އަޑު އަހަމުއެވެ. ކުރެދިވަރު ފަޅުވެގެން ދިޔައީ ދެ ލޯބިވެރިންގެ މެދުގައި ޖެހުނު މައްސަލައެއްގެ ތެރެއަށް ދެފަރާތުގެ އާއިލާ ވަދެ ކުރި ހަނގުރާމައެއްގައެވެ. މިވެސް ދެކެވެމުން އައި ވާހަކައެކެވެ. އެޔައްފަހު އެކި ސަބަބުތަކާއި ހުރެ އެރަށުގައި މީހުންނަށް ނޫޅެވިގެން ބޮމަސްދުއަށް ހިޖުރަކުރީ ކަމަށްވެއެވެ.

މިވާހަކަތަކަކީ، ލިޔުމެއްގެ ގޮތުގައި ފެންނަން ނެތްނަމަވެސް ޚަޤީޤަތާއި ޚިލާފް ވާހަކަތަކެއްގެ ގޮތުގައި ނިންމުމަކީ އެންމެ އެދެވިގެންވާ ގޮތެއް ނޫނެވެ. އެހެނީ ޒަމާނުގެ ގޮތުންނާއި ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ އެފަދަ ދަނޑިވަޅެއްގައި އެކަން ލިޔެ ރަށްކާކުރުމަކީ ފަސޭހަކަމަކަށް ނުވާނެތީއެވެ. ހަމަ އެހެންމެ އެފަދަ ހާލަތެއްގައި އެތަކެތި ލިޔެ ރަށްކާކުރުމަކީ ނުހަނު އުނދަގޫ ކަމަކަށްވެފައި، ލިޔެފައި ހުރި ނަމަވެސް ގެއްލިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، އެރަށް ފަޅުވީ ކޮއްމެވެސް ސިހުރުގެ ކުޅިގަނޑަކުން ކަމަށް، ބުރަވެވި ދާނެއެވެ. 

 

މަައުލޫމާތު: ހުސެން ނިޔާޒު/ ނ. ޅޮހިގެ ލިޔުމަކުން.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް