ގާސިމްގެ ނިންމުމަށް އަނބިކަނބަލުންވެސް ތާއިދު ނުކުރި!
އައިޝަތު ނަހުލާ އަދި ޤާސިމް އިބުރާޙިމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް ޔާމީންގެ ފަޅިން ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ޖުމްހޫރޫ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ތާއީދު ކުރެއްވި ނަމަވެސް، ރައީސް ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެކަމަށް އެމަނިކުފާނުގެ އެއްމެ ހަގު އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. 

ހުޅުމާލޭ "ރިޓްރީޓް ހުޅުމާލެ" ރެސްޓޯރެންޓެއް ހުޅުވުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހުންނެވީ ސަރުކާރުގެ ދިފާޢުގައި ސާބިތުކަން މަތީ ކަމުގައެވެ. އެކަމަނާ ވިދާޅުވީ ހުންނެވީ ސަރުކާރާއި އެކުކަމަށާއި ޔާމީންގެ ފަޅިން ނިކުމެފައިވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމުގައެވެ. 

މީގެ އިތުރުން، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވިދާޅުވި ގޮތަށް ދުވަހަކުވެސް ރައީސް ޔާމީނަށް މަޢާފް ނުކުރައްވާނެކަމަށާއި ދެކެވަޑައިގަންނަވާ ގޮތުގައި ޖޭޕީ ވެސް އޮތީ ސަރުކާރު ކޯލިޝަނުގައި ކަމަށް އައިޝާ ވިދާޅުވިއެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް