ރައީސް ޞާލިޙް މާދަމާ ނ.އަތޮޅަށް ވަޑައިގަންނަވަނީ!
ރައީސް ޞާލިޙް ކެމްޕެއިން ދަތުރެއްގައި

މޯލްޑިވްސް ޑިމަކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ޓިކެޓްގަައި ކުރިއަށް އޮތް މަޖްލިސް އިންތިހާބަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކަށް ތާޢީދު ހޯދުމުގެ ގޮތުން އަތޮޅުތެރެއަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް (އިބޫ) ކުރައްވާ ދަތުރުުފުޅެއްގައި މާދަމާ ނ. އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މިމަހުގެ 17ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިދަތުރުގައި ފުރަތަމަ އެމަނިކުފާނު ވަޑައިގަންނަވާނީ ނ. ހޮޅުދުއަށެވެ. އަދި އެއަށްފަހު އެމަނިކުފާނު ވެލިދުއަށް ވަޑައިގަންނަވާނެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަތޮޅުގެ ކޮންމެ ދާއިރާއަކުން އެއްރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ މިދަތުރުގައި ނ. އަތޮޅުގެ ބޮޑު ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ރޭ ނ. ވެލިދޫގައެވެ. ހޮޅުދޫ އަދި ވެލިދޫގެ އިތުރުން ރައީސްގެ މިދަތުރުގައި މަނަދޫ އަދި ކެނދިކުޅުދުއަށް ވަޑައިގަންނަވާނެ ކަމަށް މަޢުލުމާތު ލިބެއެވެ. 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް