ވެލިދޫގައި އެއްގަމު އުޅަނދު ލައިސަންސް ޓްރެކެއް އަޅަނީ!
ވެލިދޫ

ނ. ވެލިދޫގައި އެއްގަމު އުޅަނދު ލައިސަންސް ޓްރެކެއް އެޅުމަށް، އެރަށު އައިލެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ތާއިދު ކޮށްފި އެވެ.

ވެލިދޫ ކައުންސިލުގެ އިދާރާގައި ބޭއްވި އައިލެންޑް ޑިވެލޮޕްމަންޓް ކޮމެޓީގެ ބައްދަލުވުމެއްގައި ލައިސަސަންސް ޓްރެކް އެޅުމަށް ފެންނަ ކަމަށް ފާސްކޮށްފައިވާ ވަނީ ހާޒިރުވި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

މިއީ ވެލިދޫ ރައްޔިތުން އެހެން ރަށްރަށަށް ގޮސް ލައިސަންސް ނަގަން ކުރަންޖެހޭ ހަރަދު ހުއްޓުމަކަށް ގެނައުމަށް ކުރާ ކަމެެއް ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އަދި ލައިސަންސް ޓްރެކެއް އެޅުމަށް ނިންމާފައި ވަނީ ވެލިދޫ ބޮޑުމަގުކޮޅާ ދިމާލުން ކުރީގެ ކުނިކޮށި ހިމެނޭ ސަރަހައްދުގައި ކަމަށް ވެސް އެ ކައުންސިލުން މައުލޫމާތު ދެއެވެ. 

މީގެ އިތުރުން، ކައުންސިލުން ވަނީ، އެމަސައްކަތް ފެށުމަށް، އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފަށާފައިކަން ފާހަގަކޮށަލަމެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް