ފޮއްދޫގެ ޖެޓީ ސަރަހައްދު ގިރަމުންދާތީ ހައްލެއް ހޯދަނީ!
ފޮއްދޫގެ ޖެޓީ ސަރަހައްދ

ނ. ފޮއްދޫގެ ޖެޓީ ސަރަހައްދު ގިރަމުންދާތީ، އެކަމަށް ހައްލެއް ގެނައުމާމެދު، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޯރޕަރޭޝަން (އެމްޓީސީސީ)އާ އެރަށު ކައުންސިލާ މަޝްވަރާ ކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން، ފޮއްދޫ ކައުންސިލުން ވިދާޅުވީ އެމްޓީސީސީއާ އެކު ބިނާ ކުރަނިވި މަޝްވަރާތަކެއް ކުރި ކަމަށެވެ. އެގޮތުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ހިލަ ނުނީ ޖީއޯބޭގް ޖެހުމަށް މަޝްވަރާކުރި ކަމަށާއި ނަމަވެސް ކައުންސިލުން ބުރަވީ ޖީއޯބޭގް ޖެހުމަށް ކަމަށް ފޮއްދޫ ކައުންސިލުން މައުލީމާތުދިނެވެ.

އެމްޓީސީސީން ވަނީ ކައުންސިލުން އެދުނު ގޮތަށް ޖީއޯބޭގް ޖެހުމަށް އެއްބަސްވެފަ އެވެ. އަދި މާލެގޮސް ހެޑް އޮފީހާ މަޝްވަރާ ކުރުމަށް ފަހު ޖީއޯބޭގް ޖެހުމުގެ މަސައްކަތްތައް ކުރިޔަށް ގެންދަން އެމްޓީސީސީން ނިންމާފައިވާ ކަމަށް ކައުންސިލުން މައިލޫމާތު ދެއެވެ.

 

ފޮއްދޫ ޖެޓީ ސަރަހައްދު ގިރުމުގެ ސަބަބުން ރަށުގެ ފަސްގަނޑާ ޖެޓީވަކިވާ ވަރަށް ވަނީ ގިރާފައެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް