ލިޔުންތެރިއެއްގެ ގޮތުގައި އަހަރެއް: އެއްމެ ބޮޑު ޗެލެންޖަކަށްވީ މީހުންގެ ފުރައްސާރަ!
ޒިދާން މުޙައްމަދު (ލިޔާ ކުއްޖާ)

ފުރަތަމަ ފެނުނުނީ "ފާނޫޒް"އިން ލިޔުންތެރިއެއްގެ ގޮތުގައެވެ. އެއަށްފަހު "ދުވަސް"، "ހަލިނިޔުސް" އަދި "މިއަދުނިޔުސް"ގައި މަސައްކަތްކޮށްފައިވެއެވެ. ނޫސްވެރިއެއްގެ ގޮތުގައެވެ. އޭނާ ކުރި މަސައްކަތަކީ ލިޔުމެވެ. ހަބަރާއި އެކިކަންމާއި ގުޅޭ ރިޕޯޓެވެ. ނުލިޔާ ދާއިރާއެއް ނެތެއެވެ. މިހާރު އޭނާގެ ލިޔުންތަށް ފެނިގެންދާނީ "ނޫނު އޮންލައިން"އިންނެވެ. އެއީ މިނޫހުގެ، އެޑިޓަރެވެ. 

އޭނާގެ ނަމަކީ ޒިދާން މުޙައްމަދު އެވެ. އާންމުންގެ ތެރޭގައި މަޝްހޫރީ "ލިޔާ ކުއްޖާ"ގެ ނަމުންނެވެ. އުމުރުން އަދި 20 އަހަރެވެ. ޒިދާން ލިޔުންތެރިކަމުގެ ދާއިރާއަށް ވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެހެންކަމުން މިހާރު އެދާއިރާގައި އުޅޭތާ އަހަރެއް ވާނެއެވެ.

"ނޫނު އޮންލައިން"ގެ ނޫސްވެރިންނަށް ބައްދަލުކޮށް އޭނާ ދެއްކި ވާހަކައިން ކަމެއް ފާހަގަކޮށްލާނަމެވެ. ނޫސްވެރިއެއްގެ ގޮތުގައި ނުވަތަ ލިޔުންތެރިއެއްގެ ގޮތުގައި އެއް އަހަރު ހޭދަކުރެވުނުއިރު، އެއްމެ ބޮޑު ޗެލެންޖަކަށްވީ "މީހުންގެ ފުރައްސާރަ" ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ކުރި ފުރައްސާރައަށް ވިސްނާލުމެެއްނެތި، ލިބެމުންދިޔަ ބިނާކުރުވަނިވި ފާޑުކިޔުންތަކުގެ އަލީގައި އޭނާގެ ލިޔުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދިޔައެވެ. އޭނާގެ އެއްމެ ބޮޑު ހުވަފެނަކަށް ވެފައި އޮތީ، މުޅި ރާއްޖެ ބަލައިގަންނަފަދަ، ކުޅަދާނަ ލިޔުންތެރިއަކަށް ވާށެވެ. އެއަޒުމުގައި އޭނާ ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރިޔަށް އެބަގެންދެއެވެ.

ޒިދާނަކީ، ރ. ވާދުއަށް އުފަން ޒުވާނެކެވެ. މައިންބަފައިންގެ ހުރި އެއްމެ ދޮށީ ދަރިފުޅެވެ. 2016 ވަނަ އަހަރު ރ. ވާދޫ ސުކޫލުން އޯލެވެލް ނިންމުމަށްފަހު، އާއިލާއާއެކު މާލެ ބަދަލުވީ މަތީ ތަޢުލީމް ހާސިލުކުރުމަށެވެ. އެގޮތުން، އިންފޯމޭޝަން ޓެކްނޮލޮޖީ (އައިޓީ)ގެ ދާއިރާއިން ގައުމީ ސަނަދުގެ 3 އަދި 4 ކާމިޔާބުކަމާއެކު ނިންމާލީ މައިކޮލެޖުންނެވެ. އެއަށްފަހު މިހާރު ތައުލީމް ހާސިލް ކުރަމުންދަނީ ވެސް ހަމަ މައިކޮލެޖްގައެވެ. ކިޔަވަނީ ގްރެފިކްސް އެންޑް މަލްޓިމީޑިއާގެ ބެޗްލާސް ޑިގްރީއަށެވެ.

މިޒާޖުގައި ނިކަން މަޖާގޮތެއް ހުންނަ، ޒިދާނަކީ މީހުންނަށް ހިތްހެޔޮ ޒުވާނެކެވެ. އޭނާއަކީ ކަންކަމުގައި އިސްކޮށް އުޅުމަށް ނިކަން ހިތްވަރު ލައިގެން ނުކުންނަ ޒުވާނެކެވެ. ރައްޓެހިންނާއެކު ގިނަ ވަގުތު ހޭދަކުރާ ހިތްވާ، ޒިދާނަކީ ލިޔުންތެރިކަމުގެ ދާއިރާގެ އިތުރުން، ގްރެފިކް ޑިޒައިނިންގަށް ވެސް އެހާމެ ޝައުޤުވެރިކަން ހުންނަ ޒުވާނެކެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް