ވެލިދޫގައި ނަރުދަމާގެ ހިދުމަތް ދެނީ! 
ވެލިދޫ

ނ. ވެލިދޫ ގޭގެ އަށް ނަރުދަމާގެ ހިދުމަތްދޭން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި، މިހާތަނަށް 8 ގެއަކުން ވަނީ ނަރުދަމާ ނެޓްވޯކާ ގުޅާލައި ހިދުމަތް ހޯދާފައެވެ. ނަރުދަމާގެ ހިދުމަތް އެރަށުގައި ފަށާފައިވަނީ ފެނަކަ ކުންފުނިންނެވެ. މިދިދުމަތް ހޯދުމަށް ނުވަތަ ކޮންމެ ގެއެއް ވެސް ނެޓްވޯކް ގުޅާލުމަށް، އެގޭގެ ވެރިފަރާތުން ކުޑަ ޖަންގްޝަނެއް ހަދަންޖެހެ އެވެ.

މީގެ އިތުރުން، ހިދުމަތަށް އެދި ސިޓީ ލާފައިވާ ފަރާތްތަކަށް ފެނަކައިން އަންނަނީ ދާ ގަނޑެއް ދޫކުރަމުންނެވެ. މި ދާ ގަނޑުގެ ބޭނުމަކީ ގޭގައި ހަދައި ކުޑަ ޖަންގްޝަން އިން މައި ނެޓްވޯކަށް ފޮތި ފަދަ އެއްޗެހި ދިއަނުދީ ހިފެއްޓުން ކަމަށް ފެނައިކައިން މައުލޫމާތު ދެ އެވެ. އަދި ހިދުމަތަށް އެދޭ ގޭގެއިން މައި ނެޓްވޯކާ ގުޅާލުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވެސް ފެނަކައިން މައުލޫމާތު ދެ އެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް