އިންޑިއާ-ޕާކިސްތާނު ހަނގުރާމައިގެ އަސަރު ދިވެހި ޒުވާނުންނަށް!    
India - Pakistan Border

މީގެ ދުވަސްކޮޅެއް ކުރިން ކަޝްމީރުގެ ޕުލްވަމާގައި އިންޑިއާ ސިފައިންތަކެއް، ޕާކިސްތާނުގެ ޖަމާއަތަކުން މަރާލި ކަމަށް ބުނެ، އިންޑިއާއިން ޕާކިސްތާނަށް ހަމަލާތައް ދީފައިވާ އިރު، އެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ކަޝްމީރުގައި ހަމަލާ ދިން ޕާކިސްތާނަށް ނިސްބަތްވާ ޖައިޝީ މުހައްމަދުގެ ކޭމްޕްތަކަށެވެ.

އިންޑިއާއިން ބުނެފައި ވަނީ އެ ހަމަލާތަކުގައި ހަނގުރާމަވެރި ގިނަ ބަޔަކު މަރުވި ކަމަށެވެ. އެހެން ނަމަވެސް ޕާކިސްތާނުން އެކަން ވަނީ ދޮގުކޮށްފައެވެ. ޕާކިސްތާނުން ބުނެފައި ވަނީ ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައިނުވާ ކަމަށާއި، ނުރައްކާވީ އާންމު ރައްޔިތުންނަށް ކަމަށެވެ. 

އިންޑިއާގެ ސިފައިންނަށް އަމާޒުކޮށް ކަޝްމީރުގައި ދިން ވަރުގަދަ ހަމަލާއަށްފަހު، އިންޑިއާ ސިފައިންނާއި ކަޝްމީރުގެ ހަގުރާމަވެރި ގުރޫޕްތަކާއި ދެމެދު ހިންގަމުންދާ ކުރިމަތިލުންތައް ވަނީ ހިނގާފައެވެ. 

މީގެ އިތުރުން އިންޑިއާގެ ސިފައިންނަށް އަމާޒުކޮށް ކަޝްމީރުގައި ދިން ވަރުގަދަ ހަމަލާއަށް ހަފްތާއެއް ނުވަނީސް އިންޑިއާގެ ހަތަރު ސިފައިން ކަޝްމީރުގައި ވަނީ މަރާލާފައެވެ.

މިދިޔަ މަހު 14 ވަނަ ދުވަހު ކަޝްމީރުގެ ޕުލްވަމާގައި ދިން ހަމަލާ ގައި އިންޑިޔާގެ 42 ސިފައިން މަރުވުމާއި ގުޅިގެން މިމައްސަލައިގައި އިންޑީޔާއިން މިއީ ޕާކިސްތާނުން ކުރި ކަމެއްގެ ގޮތުގައި ތުހުމަތު ކުރާއިރު، ޕާކިސްތާނުން މިތުހުމަތު ތަކަށް އިންކާރު ކުރެއެވެ.

ކަޝްމީރުގެ މިލްކުވެރިކަމާއި މެދު އިންޑިއާއާއި ޕާކިސްތާނުން އަބަދުވެސް ދައުވާ ކުރެއެވެ. މިހާރު އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރަކީ ޕާކިސްތާނުގެ ބައެއް ކަމަށް ޕާކިސްތާނުން ބުނެއެވެ. 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަވެރިން ދޭތެރެ ދޭތެރެއިން އިންޑިއާ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދެއެވެ. ކަޝްމީރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ވަކާލާތު ކުރަނީ ކަޝްމީރަކީ ވަކި ގައުމަކަށް ހަދާށެވެ.

1989 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކަޝްމީރުގައި ވަނީ 70000 އަށް ވުރެ ގިނަ މީހުން މަރާލާފައެވެ.

ޕުލްވަމާ ޓެރަރިސްޓް އެޓޭކްގެ ސަބަބުން، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ އެތެރޭގެ ހޫނުވުންތަކާއި ގުޅިގެން، ޓެރަރިޒަމާއި އެކަމާ ގުޅުންހުރި ހުރިހާ ކަމެއް ވަނީ ދިވެހިރާއްޖޭގެ ސަރުކާރުން ވެސް ކުއްވެރިކޮށްފައެވެ. އަދި އަވައްޓެރި ގައުމުތަކުގައި ހިނގާ މިފަދަ ކަންކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ ޒުވާން ޖީލަށްވެސް މިވަނީ ނޭދެވޭ އަސަރުތައް ކުރަން ފަށާފައެވެ. އެގޮތުން، ހައްދުފަހަނައަޅައި ދިއުމާއި، ދެކޮޅުވެރިކަން ފަަދަ ޓެރެރިޒަމަށް މަގުފަހިވާ ކަންކަން ދިވެހި ޒުވާނުންގެ ކިބައިން ދަނީ ފެންނަމުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 200 އަށްވުރެ ގިނަ ދިވެހީން ވަނީ ސީރިއާގައި ހިންގަމުންދާ، ހަނގުރާމައިގައި ވަނީ ބައިވެރިވެފައެވެ. ޖިހާދު ކުރުމުގެ ނަމުގައި، ހަައްދުންނެއްޓި ކުށެއް ނެތް އެތަށް ބައެއްގެ ފުރާނަ މިހަނގުރާމަތަކުގައި ހަށިގަނޑާ ވަކިވެ ހިނގައްޖެއެވެ. އެހެން ކަމުން ދިވެހި ސަރުކާރުން ދަނީ މިފަދަ ކަންކަމަށް މަގުފަހިވާ ދޮރުތައް ބަންދު ކުރުމަށް، ބޭރުގެ އެހީއާއެކު މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް