މަހަށް ގޮއްސަވެސް މޮޑެލްކުރަނީ؟

އިއްޔެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. ކޮއްމެ އަހަރެއްގެ ވެސް 8 މާރިޗު ފާހަގަކުރެވިގެން ދަނީ "އިންޓަރނޭޝަނަލް ވޮމަންސް ޑޭ"ގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގައިވެސް އެކިދާއިރާތަކުން އިއްޔެ ޙާއްސަ ކަންތައްތަކެއް ކުރިޔަށް ދިޔައެވެ. އާއިލީ ފެންވަރުގައްޔާއި ރަށު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައެވެ.

ދެން އިއްޔެ ގިނަ ބަޔެއްގެ ސަމާލުކަން ހޯދި މިފޮޓޯތަކަށް ނަޒަރު ހިންގާލާނަމެވެ. އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް، ދިވެހި ފިރިހެނުންގެ ތެރޭން ބަޔަކު އިއްޔެ މަހަށް ނުކުތީ އަންހެންވެރިންތަކެއް ވެސް ގޮވައިގެންނެވެ. މިފޮޓޯތަކަކީ މީސްމީޑިއާގައި ވަރަަށް ގިނަ ފާޑުކިޔުންތަށް އަމާޒުވި ފޮޓޯތަކެކެވެ. އެއްބަޔަކު ބުނަނީ "މިވެރިން ގަވައިދުން މަހަށް ނުދާކަމަށް ޝުކުރުވެރިވަން" ކަމަށެވެ. އަނެއް ބަޔަކު ބުނީ "މަހަށް ގޮސްވެސް މޮޑެލް ކުރަނީ ދޯ؟" އެވެ.

ތެދެކެވެ. ފޮޓޯތަކުން ބޮޑަށް ސިފަވަނީ މިވެރިން މަހަށް ދިޔައީ ހަމައެކަނި ފޮޓޯއެއް ނަގާލުމަށް ކަމަށެވެ. އެހެން މިބުނީ، މަސް ބޭނުމުގައި ހަރަކާތްތެރިވާ މަންޒަރެއް މީސްމީޑިއާގައި ހިއްސާކޮށްފައި ނެތީމައެވެ. ނޫންތޯއެވެ؟

 

އިއްޔެ މަހަށް ދިޔަ އަންހެންވެރިން ތަކެއް.
އިއްޔެ މަހަށް ދިޔަ އަންހެންވެރިން ތަކެއް.
އިއްޔެ މަހަށް ދިޔަ އަންހެންވެރިން ތަކެއް.

ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް