މަޖިލިސް އިންތިޚާބު: ހޮޅުދޫ ދާއިރާއަށް 5 ކެންޑިޑޭޓުން!
ހޮޅުދޫ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހޮޅުދޫ ދާއިރާއިން 5 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އީސީން ބުނެފިއެވެ.

އެގޮތުން، ހޮޅުދޫ އަށް ވާދަކުރާ ފަސް ފަރާތުގެ ތެރެއިން ކެނޑިޑޭޓް ނަންބަރު 01 ލިބިފައި ވަނީ އެމްޑީޕީގެ ޔޫނުސް އަލީ، ލަކީސްޓަރ، ނ. މިލަދޫ އަށެވެ. އަދި ކެނޑިޑޭޓް ނަންބަރު 02 ލިބިފައި ވަނީ އެމްޓީޑީގެ މަރްޔަމް ސިޔާނާ، ހުދުވެލި، ނ. ހޮޅުދޫ އަށެވެ. މީގެ އިތުރުން، ކެނޑިޑޭޓް ނަންބަރު 03 އެމްޑީއޭގެ ހުސެއިން ސާލިމް މުހައްމަދު (ދަފްތަރު 7483) އަށް ލިބިފައިވާއިރު ކެނޑިޑޭޓް ނަންބަރު 04 ލިބިފައި ވަނީ ޕީއެންސީގެ އަހުމަދު ހަމްދާން ނަސީރު، ބުލޫރެސްޓް، ނ. ހޮޅުދޫ އަށެވެ. މި ދާއިރާގައި ކެނޑިޑޭޓް ނަންބަރު 05 ލިބިފައި ވަނީ ޖުމްހޫރީ ޕާޓީގެ އަބްދުއްސައްތާރު މުހައްމަދު، ވީވަރު، ނ. މިލަދޫ އަށެވެ.

މިއާއެކު ހޮޅުދޫ ދާއިރާ ވެގެންދާނީ އަތޮޅުގެ ނިސްބަތުން އެއްމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ދާއިރާ އަށެވެ 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް