ރެއާލް މެޑްރިޑް ބޮޑު ލަދެއްްގައި ބެދިއްޖެ!
Who needs ronaldo? - Madrid's Supporter

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލީގުގައި، މިރޭ ކުޅުނު މެޗުން އަޔެކްސް އަތުން ބަލިވެ، ވޭތުވެދިޔަ ތިން އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް، ލީގުން ކަޓައި ބޮޑު ލަދެއްގައި ބެދިއްޖެއެވެ.

ރެއާލް އަމިއްލަ ދަނޑުގައި އަޔެކްސްއާ ދެކޮޅަށް މިރޭ ކުޅުނު މެޗުން އަޔެކްސް ކުރިހޯދީ 4 - 1ގެ ނަތީޖާއަކުންނެވެ. 3 ލަނޑުގެ ތަފާތާއެކު އެޓީމް މުބާރާތުން ކަޓާފައި ވަނީ ސަޕޯޓަރުން ނުހަނު މާޔޫސް ކަމެއްގެ ތެރެއަށް ވައްޓާލާފައެވެ.

މީގެ އިތުރުން، މިއީ 22 އަހަރު ތެރޭގައި އަޔެކްސްއިން ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ދަތުރު ކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް