މަދަރުސާގެ އެސެންބުލީގައި މިއުޒިކާއެކު ލަވަކިޔުމުން، ކިޔެވުމަށް އަސަރު ކޮށްފާނެތަ؟
....

ދިވެހިރާއްޖޭގެ ގިނަ މަދަރުސާތަކެއްގައި ކިޔެވުން ފަށަނީ އެސެންބުލީއެއް ބޭއްވުމަށްފަހުއެވެ. ގިނަ މަދަރުސާތަކުން ބާއްވާ މިފަދަ އެސެންބުލީތަކުގައި ކޮއްމެވެސް ލަވައެއްޖެހުން އަދި އަޑުދަށުން އެލަވަކިޔުމަކީ އެޖެންޑާގައި ހިމެނޭ ކަމެކެވެ. އެއީ ގައުމީ ސަލާމަށް ވެދާނެއެވެ. ނުވަތަ އެމަދަރުސާއަކަށް ޙާއްސަ ލަވައަކަށް ވިދާނެއެވެ.

ނަމަވެސް، މިހާރު އުފެދޭ ސުވާލަކީ މިއުޒިކް އެކުލެވޭ މިފަދަ ލަވަތަކުން ކިޔެވުން ފަށައިގެން ކުދިންގެ ކިޔެވުމުގައި ބަރަކާތެއް ހުރެދާނެތޯއެވެ؟

މިިއުޒިކަކީ ކަނޑައެޅިގެން ޙަރާމްވެގެންވާ ކަމެއްކަން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސަައްޙަ ޙަދީޘްފުޅުތަކާއި، އިތުރު އަޞްޙާބުންގެ އިޖްމާޢުއިން ވަރަށް ސާފުކޮށް ސާބިތުވެއެވެ. މިއުޒިކްގެ ހުރިހާ ބާވަތަކީ ޙަރާމް ތަކެތި ކަމުގައި ޞަލަފުންގެ ހުރިހާ ޢިލްމުވެރިންނާއި ހަތަރު މަޛްހަބުގެ އިމާމުން އިއްތިފާޤުވެއެވެ.

މިއުޒިކާއި ލަވަ ޙަރާމްވެގެންވާ ޙިކުމަތްތަކަށް ބަލާއިރު، މިއުޒިކާއި ލަވައަކީ ﷲ ޞުބްހާނަހޫވަތައާލާ ހަނދުމަކުރުމާއި، އެ އިލާހަށް ކިޔަމަންގަތުމާއި، އެ އިލާހުގެ ދީނީ ވާޖިބުތަކަށް ޢަމަލުކުރުމުން މީހާ ދުރުކުރުވާ އެއްޗެކެވެ. މާތް ﷲ ގެ ޛިކުރުން އަޅާ ޣާފިލްކުރުވާ އެއްޗެކެވެ. ﷲ ޞުބްހާނަހޫވަތައާލާގެ ދީނުގެ ވާޖިބުތަކަށް ރައްކާތެރިވުމަށް ހުރަސްއަޅާ އެއްޗެކެވެ. މީސްތަކުންގެ ހިތުގައި ނިފާޤްކަމުގެ ބަލިމަޑުކަން އުފައްދާާ، ޝައިޠާނާގެ ވިހަގަދަ ހަތިޔާރެކެވެ.

މިއުޒިކާއި ލަވައަކީ ޝައިޠާނާގެ ކަލާމެވެ. ޝައިޠާނާގެ ކަލާމް އަމުރުކުރަނީ ނުބައި ކަންތައްތަކަށެވެ. ޢިއްފަތްތެރިކަން ދޫކޮށްލުމަށާއި، ޒިނޭ އާއި ފާޙިޝް ޢަމަލުތައް ކުރުމަށާއި، ދުންފަތުގެ އިސްތިޢުމާލުކުރުމަށާއި، ރަލާއި މަސްތުވާތަކެތި ބޭނުންކުރުމަށާއި، މިފަދަ ނުބައި ކަންތައްތަކަށް އަރައިގަތުމަށެވެ. ﷲ ގެ ކަލާމްފުޅު ކީރިތި ޤުރުއާނާއި، ޝައިޠާނާގެ މި ނުބައި ކަލާމަކީ އެއްވެސް ހާލެއްގައި މުއުމިނެއްގެ ހިތުގައި ޖަމާނުވާނެ ދޭއްޗެވެ.

ސުވާލު އުފެދެނީ މިހެންވެއެވެ. ޙަރާމް ކަމަކުން ފަށާ މަސައްކަތުގައި ބަރަކާތް ލައްވާނެ ތޯއެވެ؟ ފާފައެއް ކޮށްގެން ކާމިޔާބީ ހާސިލް ކުރެވޭނެ ތޯއެވެ. ދަންނާށެވެ. މިކަމުން ކުދިންގެ ކިޔެވުމަށް އަސަރު ކުރާނެއެވެ. 

އާއެކެވެ. މޮޅު ގޮތަކީ މިއުޒިކް ބޭނުން ނުކުރުމެވެ. ލަވަކިއުން ހުއްޓާލުމެވެ. ހެޔޮ ދުޢާތަކާއި ޒިކުރުތަކުން އެސެންބުލީތަކުގެ އަޑު ގުގުމާލުމެވެ. ޢިންޝާ ﷲ ކާމިޔާބީ އޮތީ އޭރުންނެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް