ހޮޅުދޫގައި ބެޑްމިންޓަން ކޯޗިން ކޯހެއް ކުރިއަށްދަނީ!
Photo: Facebook

ބީ.ޑަބްލިއު. އެފް ލެވެލް 1 ގެ ކޯޗް އެޑިއުކޭޝަން ކޯހެއް  ނ.ހޮޅުދޫގައި ކުރިއަށް އެބަދެއެވެ. އެގޮތުން، މިކޯސް ފަށާފައި ވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. 

އެނގިފައިވާ ގޮތުން، މިކޯހަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބެޑްމިންޓަން އޭޝިއާ ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މިކޯސް ކުރިއަށް ގެންދާނީ މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން، މި ކޯހުގައި ހޮޅުދޫގެ އިތުރުން، އެހެން ރަށްރަށުގެ ބައިވެރިން ވެސް ހިމެނޭ ކަމަށް އިތުބާރު ހިފޭ މަސްދަރަކުން "ނޫނު އޮންލައިން"އަށް މައުލޫމާތު ދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް