ވެލިދޫ ރެސްޓް ބީޗް ނަންބޯޑް ތަޅާލައިފި!
Photo: Facebook

ނ. ވެލިދޫ ރެސްޓް ބީޗްގެ ނަންބޯޑު ތަޅާލައިފި އެވެ.

އެ ބީޗް ސަރަހައްދާއި ޕާކް ތަރައްގީ ކޮށްފައިވާ ރެސްޓް ބްލޮކްސް ޕްރައިވެޓް ލިމިޓެޑުން މައުލޫމާތުދިން ގޮތުގައި، މިކަން ހިނގާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

ވެލިދޫގައި ތަރައްގީކޮށްފައިވާ، ހިތްގައިމު ރެސްޓް ބީޗަކީ އެރަށުގެ ހުރިހާ ކުދިބޮޑު އެންމެން ބޭނުން ކުރަމުން އަންނަ ސަރަހައްދެއް ކަމަށް އެރަށުން ނޫނުއޮންލައިނަށް މައުލޫމާތު ދިން ފަރާތަކުން ބުނެއެވެ. 

މީގެ އިތުރުން، އެތަނުގައި ފެންވެރޭނެ ނިޒާމަކާއި ކުޑަކުދިން ކުޅޭ ސަރަހައްދަކާއި ވޯލީ ކޯޓެއްގެ އިތުރުން ބާބަކިއު ސަރަހައްދަކާއި ހަޓްތައް ޖަހާފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް