ވެލިދޫ ދާއިރާގެ ގޮނޑިއަށް ލީޒާ ވާދަނުކުރާނެ!
Leeza | Aishath Leeza

އޭޕްރިލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ނ.ވެލިދޫ ދާއިރާއަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރެއްވި ކުރީގެ ނޫސްވެރިޔާ އައިޝަތު ލީޒާ އިންތިހާބުގައި ވާދަނުކުރަން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ލީޒާގެ ކެންޑިޑެސީ ގަބޫލު ކޮށްފައި ވަނިކޮށް ނަން އަނބުރާ ގެންދަން ނިންމާ ލީޒާ ނެރުނު ބަޔާނުގައި ވިދާޅުވީ އޭނާ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރަން ނިންމީ މި ސިޔާސީ ގޮތުން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން، އަދިވެސް ދާއިރާގެ ރަށްތަކަށް ޚިދުމަތް ކުރައްވާނެ ކަމަށާއި އިންތިހާބުގައި ވާދަ ނުކުރާކަން މިހާރު އީސީއަށް ވެސް އަންގާފައިވާނެ ކަމަށް ލީޒާ ވިދާޅުވި އެވެ. 

އިންތިހާބުގައި ވާދަ ނުކުރަން ނިންމުމުން ދާއިރާގެ ގިނަ ބަޔަކު މާޔޫސްވިކަން އެނގޭ ކަމަށާއި އެކަމަކު ވެސް އެދެނީ މާޔޫސްނުވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަބަދުވެސް ހުންނާނީ ރައްޔިތުންނާއެކު ކަމަށް އެބަޔާނުގައި އޭނާ ވިދާޅުވި އެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް