މިހާރު "މެސެންޖާރ"ގެ ބޮކި ނިއްވާލެވޭނެ!
a Messanger Black Preview | Photo: Facebook

އަނދިރި ތަނެއްގައި ފޭސްބުކް މެސެންޖަރ ބޭނުންކުރާ ފަރާތްތަކަށް، ތަހައްމަލުކުރަންޖެހޭ ތަކުލީފެއް އޮވެއެވެ. އެއީ، މެސެންޖަރގެ ޔޫސަރ އިންޓަފޭސް ހުދު ކުލައިގައި ހުރުމުގެ ސަބަބުން ފޯންގެ އަލި ގަދަވެ، ލޮލަށް އުދަގޫވުމެވެ. ނަމަވެސް ދެން އެތަކުލީފު ތަހައްމަލުކުރާކަށް ނުޖެހޭނެއެވެ.

އަލަށް ތަޢާރަފުކުރި "މެސެންޖަރ ބްލެކްވާޝަން" ނުވަތަ ކަޅުކުލައިގެ މެސެންޖަރަކީ މިކަމުގެ ހައްލެވެ. އެހެނަސްް އަދި ގިނަ ފަރާތްތަކަށް މެސެންޖާ ކަޅުކޮށްލާނެ ގޮތެއް ނޭނގެއެވެ. އާއެކެވެ. މެސެންޖަރގެ ބޮކި ނިވާލާނެ ގޮތެއް އަދިވެސް ގިނަ ބަޔަކަށް ނޭނގެއެވެ.

ބުނަން ހެއްޔެވެ؟ މެސެންޖަރގެ ބޮކި ނިވާލަން ކުރަންޖެހެނީ ހަމަ ކުޑަކުޑަ ކަމެކެވެ. އެގޮތުން، އެއްމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ކޮންމެވެސް މީހަކަށް "ހަނދު" އެމޯޖީއެއް ފޮނުވުމެވެ. އެއަށްފަހު، ފޮނުވި އެމޯޖީއަށް ފިއްތާލާށެވެ. ދެން މެސެންޖާރ އެޕް ނިއްވާލާނީއެވެ. ދެން، އަނެއްކާވެސް މެސެންޖާ ހުޅުވުމަށްފަހު ކުރިން ފޮނުވި އެމޯޖީއަށް ފިއްތާލާށެވެ. މިގޮތަށް ކަންތައް ކުރުމުން "މެސެންޖަރ ޑާކް ވާޝަން" އޮން ކުރަން ނޮޓިފިކޭޝަން އަރާނެއެވެ. އޭރުން އަވަހަކަށް އޮންކޮށްލާށެވެ. އިސާހިތަކު މެސެންޖަރގެ ބޮކި ނިވި، އަނދިރި ވެދާނެއެވެ.

ނޯޓް: މަތީގައި ބުނެވިދިޔަ ގޮތަށް ކަންތައް ކުރި ނަމަވެސް، "މެސެންޖަރ ޑާކް ވާޝަން" އެޕްލައި ކުރެވޭނީ، ފޭސްބުކް މެސެންޖަރ ފަހުގެ އަފްތޫތުގައެވެ. ޔަޢުނީ އަޕްޑޭޓްގައެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް