ފޮއްދޫ، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުްވެފައި!
Fohdhoo | Noonu Atoll | Maldives

ނ. ފޮއްދޫ ޖެޓީ ހިމެނޭ އިރުމަތީ ފަރާތު ގޮނޑުދޮށް  ވަރަށް ބޮޑަށް ގިރަމުންދާ "ނޫނު އޮންލައިން"އަށް މަޢުލޫމާތު ލިބިއްޖެއެވެ. 

ނަމަވެސް، މިކަމަށް ހައްލެއް ނުލިބި އަހަރުތަށް ފާއިތުވެދާއިރު، ރައްޔިތުންނަށް މިކަން ހައްލުކޮށްދޭކަށް އެއްވެސް ފަރާތަކުން މަސައްކަތްކުރާ ތަނެއް ނުފެނެއެވެ.

ފޮއްދޫ އަކީ ފަތުރުވެރިކަމުގެ ވިޔަފާރީ އަށް އަތޮޅުގެ އެހެން ރަށްރަށަށް ވުރެ ބޮޑަށް ހުޅުވިފައިވާ ރަށަކަށްވާއިރު، އެރަށު ޖެޓީ ފަރުމާ ކޮށްފައިވަނީ ރިސޯޓެއްގެ އެރައިވަލް ޖެޓީއާ އެއްގޮތަށެވެ. 

އެ ސަރަހައްދުގައި ގޮނޑުދޮށް ގިރަމުން ގޮސް ރުއްގަސްތައް މޫދަށް ވެއްޓި ޖެޓީއާއި ރަށާ ދެމެދުން ފަސް ދަމައިގެން ގޮސް ޖެޓީ ރަށުގެ ފަސްގަނޑާ ވަކިވާން ވަނީ ފަށާފައި އެވެ. މިހާރު ވެސް އެތަނުން މީހުން ފައިބަނީ ބަސްތާ ޖަހާ ފަސްގަނޑު ހިފަހައްޓައިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

މިކަމާ ގުޅޭގޮތުން، ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

 

Fohdhoo | Noonu Atoll | Maldives
Fohdhoo | Noonu Atoll | Maldives

ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް