ހޮޅުދޫއަށް ޑްރަގް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި!
ޑްރަގް | ފޮޓޯ: ޕޮލިސް ލައިފް

ނ. ހޮޅުދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަމު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހައްޔަރުކޮށްފައިވަނީ އުމުރުން 28  އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހޮޅުދޫ ޕޮލިސް ސްޓޭޝަނުން އެރަށުގައި ހިންގި ޙާއްސަ އޮޕަރޭޝަނެއްގައި ފެބުރުވަރީ 27 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން، ފުލުހުން މަޢުލޫމާތު ދިންގޮތުގައި މާލެއިން ހޮޅުދުއަށް ދަތުރުކުރަމުންދާ ބޯޓަކުން މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުުނު މަޢުލޫމާތަކާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާ އެކުގައެވެ.

މިމައްސަލަ ހޮޅުދޫ ޕޮލިސްޓޭޝަނުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް