ކެންޕޭން ކުރުމުގެ އަދަބުތައް ދަންނަމުތަ؟
އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގެ ތެެރޭން.

ކެންޕޭން ކުރުމަކީ ވަކި ކަމެއް ޙާޞިލުކުރުމުގެ މަޤުޞަދުގައި ރާވައިގެން ހަރަކާތެއް ހިންގުމެވެ. މިލިޔުމުގައި ކެންޕޭން މާނަކޮށްފައި އެވަނީ، ރިޔާޞީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ފަދަ އިންތިޚާބުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ތާޢީދު ހޯދުމަށް ކުރާ ކަންކަމަށެވެ.

އާންއެކެވެ. ކެންޕެއިންގެ ވާހަކަދައްކާއިރު، އަދަބުވެރިކަމާއެކު ރިވެތިގޮތުގައި، މިކަންކުރެވޭނެ ގޮތަކާމެދު ވިސްނާލުން މުޙިއްމެވެ. ނޫންތޯއެވެ؟ ދަންނާށެވެ. އަދަބުވެރި ކެންޕޭނަކީ، ގައުމަށް ބޭނުންވެފައިވާ ކަންކަން ދެނެގަނެ، އެކަންކަން ކޮށްދިނުމަށް ވަޢުދުވެ ވޯޓުލާ މީހުންގެ ރުހުން ހޯދުމެވެ. އަދި ޢިލްމީ، އަޤްލީ ދަލީލުތައް ރައްޔިތުންނަށް ހުށައަޅައި، ތިމާއަށް ތާޢީދު ހޯދަން މަސައްކަތް ކުރުމެވެ.

ދެން ދާންނާށެވެ. ފައިސާ ދީފައި މުހުދާދު ޖެހި ހައިވެފައިވާ ނިކަމެތި މީހާ ގަނެލުމަކީ ކެންޕޭންގެ އަދަބުތަކާ ތައާ ރުޒުވާ ކަމެކެވެ. ފައިސާ ބަހައިގެން ނުވަތަ ރިޝްވަތު ދީގެން ކުރާ ކެންޕޭންގެ ނުބައި ކަމާއެވެ. އެގޮތަށް ބަހާ ފައިސާއާއި ހަދިޔާއަކީ އަލިފާނެވެ. ފުރިހަމަ މުސްލިމަކު ރިޝްވަތުގެ ގޮތުން މީހަކު ދޭ އެޗެއްގައި ނުހިފާނެއެވެ.

ހަމައެގޮތަށް، ކެންޕޭންގެ ނަމުގައި ދެޖިންސު މަސްހުނިވެ ނަށާ ހަދައި، މުޅި ހިސާބުގަނޑަށް އަޑުއިވޭވަރަށް ނުވަތަ މީހުންގެ ކަންފަތްތަކަށް އުނދަގޫވާ ވަރަށް އަޑުގަދަކޮށް ލަވަޖަހައި، ހިސާބުގަނޑު މީހުންނަށް އުނދަގޫ ކުރުމަކީ ރިވެތި ގޮތުގައި ކެންޕޭންކުރާ ބަޔަކު އެއްގޮތަކަށް ވެސް ކުރާނޭ ކަންކަމެއް ނޫނެވެ.

މިފަދަ އަދަބުކުޑަ ކަންކަމުން ދުރުވެ، 100 އިންސައްތަ (%) މީހުން ދިރިއުޅޭ ގައުމެއްގައި ބޭއްވޭ އިންތިޚާބުތަކުގައި ވާދަކުރާ ފަރާތްތަކުން، އިސްލާމީ ޙުލްޤުން ފުރިގެންވާ ކެންޕޭނެއް ކުރުން ކިއެއް ތޯއެވެ؟ އަޅުގަނޑުމެންގެ ޅަދަރީންނަށް އަދި މުޅި ދުނިޔެއަށް ވެސް މިނަމޫނާ ދައްކަން އެބަޖެހެއެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް