މައްޔިތާގެ މޫނު ބަލަން ދިއުމަކީ ކޮންކަހަލަ ކަމެއް؟
...

ތިރީގައި އެވަނީ އައްޝައިޙް އާދަމް ޝަމީމްގެ ޤަލަމުން، މައްޔިތާގެ މޫނު ބަލަން ދިއުމަކީ ކޮންކަހަލަ ކަމެއް؟ މިސުވާލަށް ޖަވާބުދެއްވާފައިވާ ގޮތެވެ.

މައްޔިތާގެ މޫނުބެލުމަކީ އޮންނަ ކަމެކެވެ. އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުން މުސްލިމުން އެކަލޭގެފާނުގެ މޫނު ބެއްލެވުމަށްޓަކައި އެކަލޭގެފާނުގެ ގާތަށް ވަދެ، އެއްމެ ފަހު ފަހަރަށް އެކަލޭގެފާނު ދެކިލައި ބައްދަލު ކުރެއްވިއެވެ.

ވީމާ، ގާތް ތިމާގެ ނުވަތަ އަވަށްޓެރިންނާއި ރަހުމަތްތެރީން ނިޔާވުމުން އެމީހުންގެ މޫނު ބެލުމަށް ދިޔުމަކީ އޮތް ކަމެކެވެ. ނަމަވެސް ހިލޭ ފިރިހެނުންނާއި ހިލޭ އަންހެނުން އެއްބަޔަކު އަނެއް ބައެއްގެ މޫނުބެލުމަކީ އޮތްކަމެއް ނޫނެވެ. ޚާއްސަކޮށް އަންހެނުންގެ މޫނުބެލުމަށް ފިރިހެނުން ދިޔުމަކީ ރަނގަޅުކަމެއް ނޫނެވެ. އަދިކިޔެއް ޖަނާޒާގައި ބައިވެރިވެ މައްޔިތާގެ މައްޗަށް ކަށުނަމާދު ކޮށް ދުޢާ ކުރުމުން އެ ނިމުނީއެވެ.

والله أعلم وصلى الله على محمد وآله وسلم

 

މަސްދަރު: ދިއިސްލާމް

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް