ހެޔޮދުޢާކުރުމުގެ ބަދަލުގައި އަރައިގަތީ ފާފައަކަށް!
ޝިމާގެ ހަނދާނުގައި މިއަދު ބޭއްވި އެއްވުން

ޝިމާ ގެއްލުނުތާ ފަސް ވަރަކަށް ދުވަސް ވެފައިވާއިރު ޝިމާ ހެޔޮޙާލުގައި ފެނުމަކީ އޭނާގެ އާއިލާއިންނާއި ހެޔޮއެދޭ ރަހުމަތްތެރިންގެ އިތުރުން ހުރިހާ ދިވެހިންވެސް މިއަދު އެދިއެދި ތިބި ކަމެކެވެ. މިފަދައިން ގެއްލިފައިވާ މީހުންނަށް ނުވަތަ މަރުވެފައިވާ ނުވަތަ ބޮޑު މުސީބާތެއް ކުރިމަތިވެފައިވާ މީހުންނަށް ހެޔޮ ދުޢާކުރުމަކީ ނުވަތަ އޭނާގެ ނަމުގައި ޞަދަގާތެއް ކުރުމަކީ އޭނާއަށް ފައިދާ ކުރާނެ ކަމެކެވެ. 

ނަމަވެސް، މިއަދު ފެނިގެން މިދިޔައީ ފައިދާކުރާނެ ގޮތްތަށް އެނގި ތިބެ، އެކަންކަން ކުރުމުގެ ބަދަލުގައި،  ޝިމާގެ އާއިލާއާއި ރައްޓެހިން އިސްވެ، އޭނާގެ ހަނދާނުގައި ކަމަށް ބުނެ، ބިދުޢައަކަށް އަރައިގެން މަންޒަރެވެ. 

ހިތާމަފާޅު ކުރުމުގެ ގޮތުން ހަމަހިމޭން ކަމުގެ ވަގުތުކޮޅެއް ބޭއްވުމަކީ ނުވަތަ ސުކޫތެއް ބޭވުމަކީ މާތްވެގެންވާ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫނެވެ.  އެއީ ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުން ވެސް ފެންނަންނެތް އަދި އެކަލޭގެފާނު އެއްގޮތަކަށްވެސް ބާރު އެޅުއްވި ކަމެއް ނޫނެވެ. އެ ފަދަ ކަންކަމަކީ ބިދުޢައެވެ. ބިދުޢައަކީ ކާފަރުން ފަށައިގެން އުޅޭ އިސްލާމްދީނުގައި ނެތް ކަންކަމެވެ. އެފަދަ ކަންކަން މުސްލިމުން ކޮށްގެން ނުވާނެއެވެ. 

"ނޫނު އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވި ގޮތުގައި، މީހެއްގެ ހަނދާނުގައި ހަމަހިމޭން ވަގުތުކޮޅެއް ބޭއްވުމަކުން އެ މީހަކަށް އެއްވެސް މަންފާއެއް ނުކުރާނެއެވެ. މަންފާ ކުރާނެ ގޮތްތަކެއް މާތްވެގެންވާ އިސްލާމް ދީނުގައި ބަޔާން ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ހެޔޮ ދުޢާ ކުރުމާއި، ޞަދަގާތް ދިނުން ހިމެނެއެވެ. 

 

ޝިމާގެ ހަނދާނުގައި މިއަދު ބޭއްވި އެއްވުން
ޝިމާގެ ހަނދާނުގައި މިއަދު ބޭއްވި އެއްވުން
ޝިމާގެ ހަނދާނުގައި މިއަދު ބޭއްވި އެއްވުން
ޝިމާގެ ހަނދާނުގައި މިއަދު ބޭއްވި އެއްވުން

ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް