ސާދަ ބިޓުން އެއްފަހަރާ ގެޔަށް، ލިބުނު ޝޮކާއެކު ފިރިހެން މީހާ "ކޯމާ"ގައި!
Rakib's Girlfriends

ގެންގުޅުނު ހުރިހާ ބިޓުން (14 ބިޓުން) އެއްފަހަރާ ގެޔަށް އައުމުން، ލިބުނު ޝޮކާއެކު ފިރިހެން މީހާ "ކޯމާ"އަށް ދިޔަ ވާހަކަ އަޑު އެހީމު ހެއްޔެވެ؟ އުމުރުން 18 އަހަރުގެ ރާކިބު މިހުރިހާ ބިޓުން ގެންގުޅުނީ، އެކަކު އަނެކަކަށް ނޭނގޭ ގޮތަށެވެ.

މިއަހަރުގެ ލޯބިވެރިންގެ ދުވަހާއި ހަމައަށް ހުރިހާ ކަމެއް ވެސް ދިޔައީ އާދައިގެ މަަތިން، ދާ އުސޫލުންނެވެ. ހަމަ ވަރަށް ބަރާބަރަށެވެ.

ނަމަވެސް، ލޯބިވެރިންގެ ދުވަހަށް އިރު އެރީ، ޒުވާން ރާކިބަށް ކުއްލި ހައިރާން ކަމެއް ގެނުވާފައެވެ. ފޯނު އެލާމްވުމާއެކު އޭނަ ހޭލިއެވެ. އެހިނދު ކުރިމަތިން ފެނުނު މަންޒަރުން އޭނައަށް ލިބުނީ ވަރުގަދަ ޝޮކެކެވެ.  ވާނީވެސް އެހެންތާއެވެ. ކުރިމަތިން ފެންނާން އެތިބީ އޭނަ 14 ބިޓުންނެވެ. އޭނަގެ ބިޓުން ބުނި ގޮތުގައި އެވަގުތުން ވަގުތަށް ހޭނެތި، ރާކިބު މިހާރު އޮތީ ކޯމާގައެވެ.

ރާކިބުގެ ބިޓުންގެ ތެރޭ ހިމެނޭ، ޖޮރިކާ ވަނީ މިހާދިސާ ހިނގިގޮތް ކިޔައިދީފައެވެ. "އެއްދުވަހު އޭނަގެ ފޯނު ބަލާލިން. މެސެންޖާގައި ހުރި ބޭބީ 1، ބޭބީ2، ބޭބީ3.... ލިޔެފައި، އެހިސާބުން އެނގުނީ. ދެން ފަހަރަކު މީހަކަށް މެސެޖުކޮށްގެން ވެލަންޓައިންސް ޑޭ ސަޕްރައިޒަކަށް ރޭވީ ގެޔަށް އަންނަން." އޭނަަ ކިޔައިދިނެވެ.

"އެންމެން ވެސް ލޯބިވޭ އޭނަ ދެކެ. އުއްމީދަކީ އޭނާ ކޮމާއިން ސަލާމަތްވުން. އަހަރެމެން ރެޑީ ޝެއާކުރަން." އޭނަ އިތުރަށް ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް