ކައުންސިލް ރޭންކިން މުޅި ރާއްޖެ: ނ. އަތޮޅު ކައުންސިލް އެއްމެ ފުލުގައި!
ކައުންސިލް ރޭންކިން މުޅި ރާއްޖެ: ނ. އަތޮޅު ކައުންސިލް އެއްމެ ފުލުގައި!

އެލްޖީއޭ އިން އެކުލަވާލީ ކައުންސިލްތަކުގެ ރޭންކިން ރިޕޯޓް 2017 ގައި، ނ. އަތޮޅު ކައުންސިލް މުޅި ރާއްޖެއިން އެންމެ ފުލަށް ގޮސްފި އެވެ.

އެލްޖީއޭއިން ނެރުނު ރިޕޯޓްގައިވާ ބުނެފައިވަނީ، 18 އަތޮޅު ކައުންސިލްގެ ތެރޭއިން ނ. އަތޮޅު ކައުންސިލާއި ގއ. އަތޮޅު ކައުންސިލުން އެލްޖީއޭ އަށް ދަރަޖަ ކުރެވޭ ވަރަށް މައުލޫމާތާއި ކިތާބީ ހެކި ފޯރުކޮށްދީފައި ނުވާ ކަމަށެވެ. ކައުންސިލް ރޭންކިންގައި އެއްމެ ފުލަށް ނ. އަތޮޅު ކައުންސިލް ދާން މެދުވެރިވި ސަބަބަކީ އެއީ އެވެ. 

މީގެ ސަބަބުން އެލްޖީއޭގެ ރިޕޯޓްގައި އެއް ވެސް ދަރަޖައެއް ނުލިބި މި ދެ އަތޮޅުގެ ކައުންސިލް ވަނީ ރަތް އަކުރުން ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން، އެލްޖީއޭއިން 2017 ވަނަ އަހަރު ކައުންސިލްތަކުގެ ދަރަޖަ ކަނޑައަޅަފައި ވަނީ 2016 ވަނަ އަހަރާ އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކައުންސިލްތަކާއި، ސެކިއުރިޓީ، އެކައުންޓަބިލިޓީ، ޕާޓިސިޕޭޝަން، އިފެކްޓިވްނަސް އަދި ލާމަރުކަޒީ ގާނޫނަށް އަމަލުކޮށްފައިވާ މިންވަރުތައް ބަލައިގެންކަމަށް އެ އޮތޯރިޓީން ބުނެއެވެ.

 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް